ads
ދަރުބާރުގޭގައި ބޭއްވި ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބާ ކައުންސިލްގައި ވަކީލުން ރަޖިސްޓްރީވާން ހުޅުވާލައިިފި
ގާނޫނީ ވަކީލުންގެ ގޮތުގައި ހިދުމަތް ދެމުން އަންނަ އެންމެހާ ވަކީލުން ބާ ކައުންސިލްގައި ރަޖިސްޓްރީވުމަށް ހުލުވާލައިފިއެވެ.

ބާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެކައުންސިލުން ކުރަމުން އަންނަ ކަމަށާއި، ގާނޫނީ ހިދުމަތްދޭ އެންމެހާ ފަރާތްތަކުގެ ސައްހަ މައުލޫމާތު އަޕްޑޭޓް ލިސްޓެއް ދަފްތަރުކުރެވިފައި އޮތުމަކީ ގާނޫނީ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ. 

އެހެން ކަމުން މި މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަސް ތެރޭ ނިންމާލުމަށް އެކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

ބާ ކައުންސިލުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ފަރާތްތަކުގެ ތެރޭގައި، ލީގަލް ޕްރެކްޓިސްތަކުގައި މަސައްކަތް ކުރާ ފަރާތްތައް، ލޯ ފާމްތަކުގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުން، ދިވެހި ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ އަމިއްލަ ތަނެއްގައި އިން ހައުސް ކައުންސެލެއްގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން އަދި ހިލޭ ސާބަހަށް މަަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ގާނޫނި ހިދުމަތްދޭ ތަންތަނުގައި ގާނޫނީ ހިދުމަތް ފޯރުކޮށްދޭ ގާނޫނި ވަކީލުންނެވެ. 

އެ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި ފަރާތްތަކުން އަންނަ މެއި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ބާ ކައުންސިލުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް