އެ އޮޕަރޭޝަން ކާމިޔާބު ކުރެވުނުކަން ހާމަކޮށް އައިޖީއެމްއެޗުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއީ އަނެއްކާވެސް ސިއްހީ ދާއިރާގައި ރާއްޖެއަށް ހޯދުނު ކުރިއެރުމެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި އިސްކޮށް ހުންނެވީ ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު މުހައްމަދު ޝަނީޒް ނަޖްމީ އެވެ.
އައިޖީއެމްއެޗުން ބުނީ ހާސިލުކުރެވުނު އެކަމިޔާބީއާއިއެކު އެބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން އައިޖީއެމްއެޗުން ކުރަމުން އައި އިލްތިމާސް ހުއްޓާލެވި އައިޖީއެމްއެޗުން އެ އޮޕަރޭޝަން ކުރެވޭނެ ކަމަށެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އޭޑީކޭއިން ވެސް ވަނީ، މޭމަތި ފަޅާނުލާ ފައިގެ މައި ލޭ ހޮޅިއެއްގެ ތެރެއިން ސްޓެންޓް ލައްވައިގެން ހިތުގައި ވޭލްވް ހަރުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ކޮށްފަ އެވެ.