ads
ގޮޓާބަޔަ
ހޮވުނީ 6.9 މިލިއަން ވޯޓާއިއެކު ކޮންމެ ގޮތެއް ވިޔަސް އިސްތިއުފާ ނުދޭނަން: ގޮޓާބަޔަ
ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އިދިކޮޅުން އިސްވެ އޮވެ، ހިންގާ “ހަޑި ޕޮލިޓިކްސް”އެއް ކަމަށާއި، ކޮންމެ ގޮތެއް ވިޔަސް ރައީސް ގޮޓާބަޔަ ރާޖަޕަކްސާ އިސްތިއުފާ ނުދޭނެ ކަމަަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
Advertisement

ލަންކާގައި އޮތް އިގްތިސާދީ ކާރިސާ އާއި ގުޅިގެން އާއްމުންގެ ރުޅިގަނޑު ފަޅައިގެންގޮސް ވެރިކަމުގައި މިހާރު އޮތް ރާޖަޕަަކްސަ އާއިލާ ވެރިކަމުން ފޭބުމަަށް ދަނީ ގޮވާލަމުންނެވެ.

ހަމަނުޖެހުންތައް ބޮޑުވެ، މިމަހުގެ ފުރަތަމަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުވެސް އެގައުމުގައި އިއުލާންކުރިއެވެ. އެ ހާލަތު މިއަދު އުވާލިކަން ހާމަކޮށް ޗީފް ގަވަމަންޓް ވިޕް އެންޑް ހައިވޭ މިނިސްޓަރު ޖޯންސްޓަން ފެރްނާންޑޯ ވިދާޅުވީ، ގޮޓާބަޔާ ރައީސްކަމަށް އައްޔަން ކޮށްފައިވަނީ 6.9 މިލިއަން މީހުންގެ ވޯޓާއިއެކު ކަމަށާއި، ރައީސް އެއްވެސް ހާލެއްގައި އިސްތިއުފާ ނުދޭނެކަމަށެވެ.

“6.9 މިލިއަން މީހުން ވޯޓުދީގެން ރައީސް ހޮވީ. ސަރުކާރުގެ ފަރާތުން ވަރަށް ސާފުކޮށް މި ބުނަނީ އެއްވެސް ހާލެއްގައި ރައީސް އިސްތިއުފާ ނުދޭނެ. އަހަރެމެން މިކަމާއި ކުރިމަތިލާނަން.”އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ އިދިކޮޅު ޖޭވީޕީ ޕާޓީން ހިންގާ ހަމަނުޖެހުންތަކެއްކަމަށް ސިފަކޮށް އެ ޕާޓީގެ “ތަގް ޕޮލިޓިކްސް” އަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ހަމަނުޖެހުންތައް ހުއްޓާލުމަށް އެގައުމުގެ ރައްޔިތުންނަށްވެސް ވަނީ އޭނާ ގޮވާލާފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް