ads
މިފްކޯ ބޯޓެއް ކައިރީގައި މަސް ކިރަން ދެ ދޯނި ގާތް ކޮށްފަ: ފޮޓޯ މަސްވެރިން
ރޯދަ މަހާއި ދިމާކޮށް މިހެން ހަދާކަށް ނުވާނެ: މަސްވެރިން
ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް އާދަޔާއި ހިލާފަށް މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދެއްގެ މަސް ދޯނިތަކުން ކިރުވަން ބޭނުންވެފައި ވަނިކޮށް، ކޫއްޑޫއިން ދޯންޏަކުން ފަސް ޓަނު މަސް ގަންނަ ގޮތަށް ނިންމުމުން މަސްވެރިން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.
Advertisement

ދެކުނުގެ ސަރަހައްދު ތަކަށް މަސްވެރިކަން ރަނގަޅުވުމުން އިއްޔެއާއި ޖެހެންދެން ކޫއްޑޫއިން ދުވާލަކު 800 ޓަނުގެ މަސް ކިރަމުން އައިކަން ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް ގިނަ ދޯނި ތަކަކަށް މަސްކިރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކޫއްޑޫއިން ވަނީ ދޯންޏަކުން ފަސް ޓަނުގެ މަސް ގަތުމަށް ނިންމާފައެވެ. 

ކޫއްޑޫއިން މިގޮތަށް ނިންމުމާއި ގުޅިގެން ގިނަ މަސްވެރިންތަކެއް އަންނަނީ އެކަމާއި މެދު ހިތްހަމަ ނުޖެހުން ފަޅުކުރަމުންނެވެ. އަދި މިއީ މިހާ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އަގު ކުޑަ ކުރުމަށްފަހު ގަންނަ ގޮތަށް ނަމަވެސް ހެދުމަށް ބައެއް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ. 

"ސީއެންއެމް" އާއި ވާހަކަ ދެއްކި ގދ. މަޑަވެލީ މަސް ދޯންޏެއްގެ ކައްޕިއަކު ބުނީ، އެ ދޯނިން ތިން ދުވަސްތެރޭ 32 ޓަނުގެ މަސް ބާނައިގެން ކޫއްޑޫއަށް ކިރުވަން ދިއުމުން ކޫއްޑޫއިން ނެގީ އެންމެ ފަސް ޓަނުގެ މަސް ކަމަށާއި، މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައި ވާކަމަށެވެ. އަދި މިއީ މިފަދަ މަހެއްގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށްވެސް ކައްޕި ބުންޏެވެ. 

"އަހަރުމެން ދޯނިން މިދިޔަ ތިން ދުވަސް ތެރޭ 32 ޓަނުގެ މަސް ބާނައިގެން ކިރުވަން ދިއައީމަ ނެގީ އެންމެ ފަސް ޓަނުގެ މަސް. މިހެން ހަދަން ހެޔޮ ނުވާނެ ދޯ. ފަސް ޓަނު ގަތުމުން ކިހިނެއް މިކަމުގަ ދެކޮޅު ޖައްސަނީ. ފަޅުވެރިންނަށް ކިހިނެއް ފައިސާ ދޭނީ. ރަމަޟާން މަހާއި ދިމާކޮށް މިހެން ހަދަން ހެޔޮ ނުވާނެ ދޯ." ކައްޕި ބުންޏެވެ.

މިކަމާއި ގުޅިގެން ގިނަ މަސްވެރިންނެއް އަންނަނީ ނުރުހުން ފާޅުކޮށް ސަރުކާރުން މިކަމަށް ކޮންމެސް ހައްލެއް ހޯދައިދޭން ގޮވާލަމުންނެވެ. އަދި ގިނައިން މަސްބޭނޭ ދުވަސްވަރެއްގައި އެމަހަށް އެކަށީގެންވާ ފައިސާ ނުލިބުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް