ads
ފްރާންސްގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓް މާރިން ލެފެން
ބުރުގާ އަޅާ މުސްލިމުން ޖޫރިމަނާކޮށް އަދަބު ދޭންނަ: މާރިން
ފްރާންސްގައި ދިރިއުޅެމުން އަންނަ މުސްލިމު އަންހެނުންގެ ތެރެއިން ބުރުގާ އަޅައިގެން އާއްމު ތަންތަނަށް ނިކުންނަ މީހުންނާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ފްރާންސްގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓް މާރިން ލެފެން ވައުދުވެއްޖެއެވެ.

މާދަމާ އޮންނަ ފްރާންސްގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކުރިން މާރިން މިއަދު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަމުން މާރިން ބުނީ، އެގައުމުގައި ދިރިއުޅެމުން އަންނަ މުސްލިމުންގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ބޮޑެތި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށާއި، މުސްލިމުންގެ ސަބަބުން މުޖްތަމައުގެ ބައިބައިވުން އުފެދިފައި ވާކަމަށެވެ. 

މި ޖަލްސާގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ، ޓްރެފިކް ގަވައިދުތަކަށް ތަބާ ނުވާމީހުން ޖޫރިމަނާ ކުރާހެން މަގުތައް މައްޗަށް ނިކުންނަ ބުރުގާ އެޅި އަންހެނުން ޖޫރިމަނާ ކުރާނެ ކަމަށެވެ. 

މިކަމާއި ގުޅިގެން އެގައުމުގެ ގިނަ ބަޔަކު މާރިން އަށް ފާޑުކިޔަމުން އަންނަ އިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ މުސްލިމުންނާއި ދެކޮޅަށް ގެންގެޅޭ ސިޔާސަތުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޭނާ އަށް ގެއްލޭނެ ކަމަށެވެ. 

ފްރާންސްގެ އާބާދީގެ 8.8 އިންސައްތަ ހިއްސާ ކުރަނީ މުސްލިމުން ކަމަށްވާއިރު، މިހާރުވެސް އެގައުމުގައި މުސްލިމުންނާއި ދެކޮޅު ގިނަ ގަވައިދުތަކެއް ހަދާފައި ވާކަން ފާހަގަ ކޮށްލެވެއެވެ. 

3%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް