ads
ތާޒާ ފެން
ފެން ދޫކުރުން އެމްޑަބްލިއުއެސްސީން ލިމިޓެއް ނުކުރަން: އެމްޑަބްލިއުއެސްސީ
ފެން ދޫކުރުން އެމްޑަބްލިއުއެސްސީން ލިމިޓްކޮށްފައިވާކަމަށް ދެކެވޭ ވާހަކަ އެކުންފުނިން ދޮގުކޮށްފި އެވެ.

ކުންފުނިން އުފައްދާ ތާޒާ ފެނުގެ ފަސް ލިޓަރު ފުޅިން މާލޭގެ ފިހާރަތަކަށް މިއަދު ވިއްކަނީ ފަސް ކޭސް ކަމަށާއި، ލިމިޓްކުރަން ޖެހުނީ ހޫނު މޫސުމާ ގުޅިގެން ރަށްރަށަށް ފެން ފޮނުވާ އަދަދު ވަރަށް ބޮޑަށް އިިތުރުވުމުން ކަމަށް އެމްޑަބްލިއުއެސްސީއާއި ހަވާލާދީ ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެމްޑަބްލިއުއެސްސީން ފެން ފުޅި ވިއްކުން ލިމިޓްކުރުމުން ފިހާރަތަކުން ފެން ހޯދަން އުނދަގޫވެ، އާންމުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައި ކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެެވެ. 

ނަމަވެސް އެމްޑަބްލިއުއެސްސީއަކީ އެއްވެސް ފިހާރައަކަށް ފެން ވިއްކާ ކުންފުންޏެއްް ނޫނެވެ. އެ ކުންފުނިން ފެން ދޫކުރަމުންދަނީ ކުންފުނިތަކަށެވެ. އެގޮތުން އެކުންފުނިން އުފައްދާ ތާޒާ 1.5 އަދި 500 ލީޓަރުގެ ޑިސްޓިބިއުޓަރަކީ ހައިލޭންޑް ބެވަރޭޖް މޯލްޑިވްސް(އައިބީއެމް) އެވެ. މި ފެން ފިހާރަތަކަށް ވިއްކަނީ އެ ކުންފުނިންނެވެ. އަދި ފަސް ލީޓަރުގެ ފެނަކީ އެ ކުންފުނިން އުފައްދާ މާކެޓަށް ނެރޭ ފެނެކެވެ. 

އެކަމާއި ގުޅިގެން އެމްޑަބްލިއުއެސްސީއަށް "ސީއެންއެމް" އިން ގުޅާލުމުން އެ ކުންފުނީގެ ފަރާތުން ބުނީ، އެއީ ސައްހަ މައުލޫމާތެއް ނޫންކަމަށާއި، އެމްޑަބްލިއުއެސްސީން އެފަދަ މައުލޫމާތެއް ދީފައި ނުވާނެ ކަމަށެވެ. 

އަދި އެމްޑަބްލިއުއެސީން ފެން ދޫކުރަނީ އައިބީއެމް އަށް ކަމަށްވާއިރު، އެކުންފުންޏަށް ދޫކުރާ އެއްވެސް ފެނެއްގެ ލިމިޓެއް ވެސް ހިފަހައްޓާފައި ނުވާނެ ކަމަށާއި، އެމްޑަބްލިއުއެސްސީން ކުރިންވެސް ފެން ދޫކުރަމުންދިޔަ ވަރަށް ފެން ދޫކުރަމުންދާ ކަމަށެވެ. 

ހޫނު ގަދަވެ ފެނުގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން ފިހާރަަތަކަށް ވިއްކާ އަދަދު ލިމިޓުކޮށްފައިވަނީ ތާޒާ ފެން ފޯރުކޮށްދޭ އައިބީއެމް އިންއާއި ލައިފް ފެން އުފައްދާ ހެޕީ މާކެޓުންނެވެ. މިއަދު އެ ފެނުގެ ލިމިޓު ހިފެހެއްޓިނަމަވެސް މާދަމާ އަލުން އާއްމު ހާލަތަައް ރުޖާއަ ވާނެ ކަމަށް އެ ކުންފުނިތަކުން ލަފާކުރެއެވެ. 

ކޮންމެ އަހަރު ވެސް މާރިޗް އަދި އެޕްރީލް މަހަކީ ރާއްޖެ އަށް އެންމެ ހޫނު ގަދަ ދުވަސް ވަރުކަމުން މިދުވަސްވަރު ފެން ލިމިޓުކުރަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް