ads
އެސްޑީއެފްސީ---
އެސްއެމްއީ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު ސަރުކާރުން މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ލޯނި ދިނުމަށް އުފެއްދި އެސްޑީއެފްސީގެ ލޯނުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީއިން މިއަދި ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަލުން ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށާއި، އެހެން ނަމަވެސް އަދި ކުރިމަތި ލެވޭނީ، ކުދި ވިޔަފާރިތަކުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ދޫކުރާ ވިޔަފާރި އެހީ ލޯނާއި ދަނޑުވެރިންނަށް ހާއްސަކޮށްގެން ދޫރުކުރާ ދަނޑުވެރިޔާ ނަފާ ލޯނަށް އެކަނި ކަމަށެވެ. 

ނަމަވެސް ބާކީ ހުރި ލޯނުތަކަށް އަންމަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށްވެސް އެސްޑީއެފްސީއިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ. 

އެސްޑީއެފްސީން ވަނީ ލޯނަށް އެދި ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ވެބްސައިޓުގައިވާ އެސްޑީއެފްސީ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅުމަށް އަންގައިފަ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ބޭންކުން ލޯނު ދޭރއިރު، އެންމެ ބޮޑަށް ސަމާލުކަންދޭ ދާއިރާތަކަކީ ދަނޑުވެރިކަން، ލޯކަލް ޓޫރިޒަމް، މަސްވެރިކަން، މެނުފެކްޗަރިން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް