ads
ވެލެންސިޔާގެ ބައެއް ކުޅުންތެރިން
ވެލެންސިޔާ މުބާރާތުން ވަކިކޮށް އަބަހާނީ އަނެއް ބުރަށް
ބަންގްލަދޭޝްގައި މިއަދު ކުޅެން އޮތް އޭއެފްސީ ކަޕް ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗަށް ވެލެންސިޔާ އެ ގައުމަށް ދަތުރު ނުކުރުމުން، ވެލެންސިޔާ މުބާރާތުން ވަކިކޮށް ޕްލޭއޮފް މެޗުން އަބަހާނީއަށް ފުރުސަތު ދީފިއެވެ.
Advertisement

އޭއެފްސީން މި ގޮތަށް ނިންމައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ވެލެންސިޔާ ދަތުރު ނުކުރާނެ ކަން އެފްއޭއެމުން އޭއެފްސީއަށް އަންގާފައިވާ ކަމަށެވެ. އަދި އެހެންކަމުން ވެލެންސިޔާ މުބާރާތުން ވަކިކޮށް، އަބަހާނީއަށް އަނެއް ބުރުގެ ފުރުސަތު ގަވައިދުގައިވާ ގޮތުގެ މަތިން ދެވުނީ ކަމަށެވެ. އަނެއް ބުރުގައި އަބަހާނީ ކުޅޭނީ މިއަދު އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއާ ލަންކާގެ ބްލޫ ސްޓަރ ކުޅެގެން މޮޅުވާ ބަޔަކާއެވެ. އަދި އެ މެޗުން މޮޅުވާ ބަޔަކަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ.

މުބާރާތް ފެށުމަށް ފަހު މުބާރާތުން ވެލެންސިޔާ ވަކިވެފައިވާތީ އެ ޓީމަށް އޭއެފްސީގެ ބޮޑު އަދަބަކާ ކުރިމަތި ލާން ޖެހޭނެއެވެ. ބެލެވޭ ގޮތުގައި ވެލެންސިޔާ އޭއެފްސީގެ މުބާރާތްތަކުން ދެ އަހަރަށް ސަސްޕެންޑްކޮށް، ވިހި ހާސް ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް