ads
އިމްރާން ހާޝިމީ އާއި އޭނާގެ ދަރިފުޅު އަޔާން--
އިމްރާން ހާޝިމީގެ ދަރިފުޅު ކެންސަރު ބައްޔާ ގުޅިގެން ދެއްކި ވާހަކައަށް ސަމާލުކަން!
ބޮލީވުޑުގެ ތަރި، އިމްރާން ހާޝިމީގެ ހަމައެކަނި ހުރި ދަރިފުޅު، އަޔާން ހާޝިމީއަކީ ވެސް ކެންސަރު ބަލީގެ ޝިކާރައަށްވި ކުއްޖެކެވެ. މިދިޔަ އަންގާރަ ދުވަސް، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކޮށްފައިވާއިރު މި ދުވަހާއި ގުޅިގެން ބޭއްވި އިވެންޓެއްގައި އަޔާން ދެއްކި ވާހަކައަކަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ލިބިފަ އެވެ.

އުމުރުން އެންމެ ދިހަ އަހަރުގެ އަޔާން، އެ އިވެންޓުގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ކެންސަރަކީ ވަރަށް ވޭންހުރި ކަމެއް ކަމަށާއި އެގޮތުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އަނިޔާ ލިބޭ ބައްޔެއް ކަމަށެވެ. 

އެގޮތުން ކެންސަރުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެފައިވާ ކަމަށާއި ނަމަވެސް އޭނާއަކީ މިއަދު ހިތްވަރާއެކު ކެރިގެން ކަންކަމާ ކުރިމަތިލާ ކުއްޖަކަށް ވެސް ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ބަލީގެ ޝިކާރައަކަށްވެފައިވާ އެންމެން ވެސް ވަރަށް ހިތްވަރު ކުރުމަށް ނަސޭހަތްތެރިވެ އަޔާން ބުނެފައި ވަނީ ކެންސަރަކީ ފަރުވާ އޮތް ބައްޔެއް ކަމަށެވެ. 

އަޔާންއަށް ކެންސަރު ޖެހުނުކަން އިއުލާން ކުރީ 2014 ޖެނުއަރީ މަހު އެވެ. އެގޮތުން އަޔާންގެ އުމުރުން ހަތަރު އަހަރުގައި އޭނާ ހުރީ ކެންސަރު ބަލީގެ ފުރަތަމަ ސްޓޭޖުގައިކަން އެނގުމާއެކު ފަރުވާ ވަނީ ފަށާފަ އެވެ. އަދި ފަސް އަހަރު ކެންސަރާ ހަނގުރާމަ ކުރުމަށް ފަހު އެ ބަލިން އެކުއްޖާ އެއްކޮށް ސަލާމަތްވެފައިވާކަން އިމްރާން އިއުލާންކުރީ މިއަހަރުގެ ޖެނުއަރީ މަހެވެ. 

ކެންސަރު ބަލީގެ ޝިކާރައަކަށް ދަރިފުޅުވުމުން އިމްރާން ވަނީ ލިޔުންތެރިޔާ ބިލާލް ސިއްދީގީއާ ގުޅިގެން "ކިސް އޮފް ލައިފް"ގެ ނަމުގައި ފޮތެއް ވެސް ނެރެފަ އެވެ. 

ކެންސަރުން އެއްކޮށް ސަލާމަތްވެ ހުރެ، އަޔާން އެ ބައްޔާ ގުޅިގެން ދެއްކި ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު އެ އިވެންޓުގައި މަޝްހޫރު ތަރި ސޮނާލީ ބޭންޑްރޭ ވެސް ބައިވެރިވި އެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ކެންސަރާ ހަނގުރާމަ ކުރަމުންދާކަން ސޮނާލީ އާންމުކުރިއިރު އޭނާ އަދިވެސް އަންނަނީ އެ ބައްޔަށް ފަރުވާ ކުރަމުންނެވެ. 

87%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް