މަސްވެރީން މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ވާހަކަ ދެއްކި މީހަކު ބުނީ ކޫއްޑޫ އިން ނިންމާފައިވަނީ ސްޓޯރޭޖްގައި ކެޕޭސިޓީ ހުރިވަރަކަށް މަސްގަންނަން ކަމަށާއި، އެހެން ނަމަވެސް ގއ.ވިލިނގިއްޔާއި، މާމެންދޫ މީހުން ބޭނުންވަނީ ފަސްޓަނު ކިރަން ކަމަށެވެ.
އޭނާ ބުނީ މިހާރުވެސް އެތާ ތިބި ދޯނިފަހަރުން ފަންސަވީސް ޓަނު ތިރީސް ޓަނު މަސް ބާނާފައިވާ ކަމަށެވެ. އެމަސްތައް ނުކިރި ހުރީ މިހާރު މުޒާހަރާ ކުރަމުންދާތީއެވެ.
އިއްޔެ މަސް ނުކިރުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ދޯނިފަހަރު ހުޅުމާލެއަށް އައިސް އެންސިސް ފިޝަރީޒް އަށް ވެސް ވަނީ ވަރަށް ގިނަ އަދަދަކަށް މަސް ކިރާފައެވެ. އެގޮތުން މަސްވެރީން ބުނި ގޮތުގައި އިއްޔެ އައި ދޯނިފަހަރުގައިވެސް ތިރީސް ޓަނާއި ހަތްދިހަ ޓާނާއި ދެމެދުގެ އަދަދަކަށް މަސް ހުއްޓެވެ.