ads
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައި---
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި އަނެއްކާވެސް ސިންގަޕޫރަށް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނުރަސްމީ ދަތުރުފުޅެއްގައި އަނެއްކާވެސް ސިންގަޕޫރަށް ވަޑައިގެންފި އެވެ.

ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މިދަތުރުގެ ތަފްސީލެއް ނުދެއްވައެވެ.

އެންމެ ފަހުން ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ދަތުރުފުޅެއް ކުރެއްވީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ތައިރޮއިޑް އޮޮޕަރޭޝަނެއް ކުރެއްވުމަށެވެ. އެއޮޮޕަރޭޝަން ކުރެއްވީ އެމަހުގެ 25 ވަނަ ދުވަހު އެވެ. އެއަށްފަހު އެބުރި މާލެ ވަޑައިގަތީ މާޗު މަހުގެ ހަތްވަނަ ދުވަހު އެވެ.

އެ އޮޕަރޭޝަނަށްފަހު ރައީސް މާލެ ވަޑައިގެން އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސްގެ ދެކަނބަލުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ހާލަތު ހުރިގޮތުން، ބައްދަލުވުންތަކުގައި  ހައެއްކަ ހަފްތާ ވަންދެން ވާހަކަ ދެއްކުން ކުޑަކޮށް މަޑުޖައްސާލުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކޮށްފައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް