ads
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު
ގުޅީފަޅުގެ ޕްލޭނަށް ބަދަލު ގެނައީ ރަޖިސްޓްރީ ދޫކުރުން އަވަސް ކުރަން: މުއްތަލިބު
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައީ ގޯތި ހަވާލުކުރުން އަވަސްކުރަން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ކުރީ ސަރުކާރުން ހެދި ލޭންޑް ޔޫސް ޕްލޭން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލު ކުރީ އޮކްޓޯބަރު، 2024، ގަ އެވެ. ޕްލޭނަށް ބަދަލު ގެނެސް ސަރުކާރުން ބުނީ އެއިރު ހަދަނީ ޖާގަ ތަނަވަސް ޕްލޭނެއް ކަމަށެވެ.

އޭގެ ހަތް މަސް ފަހުން އަނެއްކާ ވެސް މިއަދު އާ ލޭންޑް ޔޫސް ޕްލޭނެއް ވަނީ ޝާއިއުކޮށްފަ އެވެ. އެ ޕްލޭނުގައި ގުޅީފަޅުގެ ގޯތިތައް ވަނީ މިހާރު ހިއްކާފައި ހުރި ސަރަހައްދަށް ބަދަލުކޮށްފަ އެވެ. 

ގުޅިފަޅު ހިއްކާފައި އޮތް ސަރަހައްދުން އެންމެންނަށް ގޯތި ލިބޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ޝާއިއުކުރުމާ ގުޅިގެން މިރޭ އެކަން އިތުރަށް ތަފްސީލުކޮށްދިނުމަށް މުއްތަލިބު އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ.

މުއްތަލިބު ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކުރެވުނީ 24 އޮގަސްޓް 2023 ގައި ކަމަށާއި އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް އިއުލާނުކުރެވުނު ކަމަށެވެ. އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުން ވެސް ބޭއްވިކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.

ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުއްތަލިބު އިތުރަށް ވިދާޅުވީ، 24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކުރެވިފައިވުމާއެކު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާ ވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފައި" މުއްތަލިބު ވިދާޅުވި އެވެ.

މިދިޔަ އެޕްރީލް މަހު ރައްޔިތުންގެ މަޖިލީހުގައި މުއްތަލިބު ވިދާޅުވި ފަދައިން މިރޭ ވެސް މިނިސްޓަރު ވިދާޅުވީ މި ހިނގާ މެއި މަހު ގޯތީގެ ގުރު ނަގައި ރަޖިސްޓްރީ ހަވާލު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ގޯތީގެ ރަޖިސްޓްރީ ދިނުން ލަސްވެފައި ވަނީ ނުހިއްކާ ހުރި ސަރަހައްދުން ގޯތި ދީފައިވާތީ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް