
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އެކަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 129 މީހުންގެ ތެރެއިން 99 ޕަސެންޓު މީހުންގެ ވޯޓުންނެވެ.
މިދިޔަ އަހަރު ވެސް އެސްޓީއޯއިން ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 80ރ. ރުފިޔާ ބެހި އެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާވީ 846 މިލިއަން ރުފިޔާ އެވެ. މިއީ ވެސް އޭގެ ކުރީ އަހަރަށް ވުރެ 15 ޕަސެންޓުގެ ދަށްވުމެކެވެ. ޓެކުހަށް ކެނޑުމަށް ފަހު، މިދިޔަ އަހަރު ސާފު ފައިދާވީ 741 މިލިއަން ރުފިޔާ އެވެ.
މިރޭ ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ - ފޮޓޯ/އެސްޓީއޯ
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ކުންފުނީގެ އާމްދަނީ ދަށްވީ ތެލުގެ އަގު މާކެޓުގައި ދަށްވުމުން ކަމަަށެވެ.
މިރޭގެ ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ނިންމުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖެއްސި އެވެ. އަދި އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67،500 ޑޮލަރު (އެއް މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމައިފަ އެވެ.
މިރޭގެ ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރަން ޑިރެކްޓަރަކު އިންތިހާބު ކުރުން ވެސް އޮތެވެ. ކުރިއަށް އޮތް އަހަރަށް ހިއްސާދާރުންގެ ވޯޓުން ހޮވީ މުހައްމަދު އަހުސަން ސަލީމް، މއ. ޓިއުލިޕްވިލާ އެވެ.