މި ވޯކްޝޮޕަކީ ވޯލްޑް ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ޑޭ 2025 ގެ މުނާސަބަތުގައި ޑިޖިޓަލް މޯލްޑިވްސް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އޫރިދޫއިން ބުނީ އޭއައި އަކީ މުސްތަގުބަލުގެ ޓެކްނޮލޮޖީއެއް ނޫންކަމަށާއި، މިހާރުވެސް ބޭނުންކުރެވެމުންދާ ޓެކްނޮލޮޖީއެއް ކަމަށެވެ. މި ވޯކްޝޮޕް މެދުވެރިކޮށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އޭއައި އާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ޑިޖިޓަލް ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އޫރިދޫއިން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ގިނަ އަދަދެއްގެ މީޑިއާގައި މަސައްކަތްކުރާމީހުން ބައިވެރިވެއެވެ. މި ވޯކްޝޮޕަކީ އޫރިދޫގެ 20 އަހަރުގެ ހިދުމަތުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތްކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.