ޖިއްނި މަރު ދެވަނަބައި---- ފޮޓޯ/ ސީއެންއެމް
ޖިންނި މަރު [ދެވަނަ ބައި]
Share
ދެންވާނެ ގޮތެއްނޭގޭތީ ޝައިރަމް ހުރީ ބިރުންނެވެ. އެއްޗެއްގައި އަޅައިގަނެ ޝައިރަމް ވެއްޓުނެވެ. އެއީ މަޑު އެއްޗެކެވެ. ކުޑަކޮށް ގުދުވެލާފައި ޝައިރަމް ބަލާލިއެވެ. ޝައިރަމް ބިރުން މޭގަނޑު އަތަށް އައެވެ. ޝައިރަމް އަށް ލޯ ހުޅުވާލަން ނުކެރުނެވެ. އެވަގުތު ދުލަށް އައި ހުރިހާ ހެޔޮ އެއްޗެއް ކިޔަމުން ޝައިރަމް ދިޔައެވެ.
Advertisement

ޝައިރަމް އަށް ބުނެވުނެވެ. ސުބުހާނައްﷲ މިވަނީ ކިހިނެއް؟ 

ޝައިރަމް އަށް އޮވެވުނީ އޭނާގެ މަންމަގެ ފުރާނަ ނެތް މަސްގަނޑު މަތީގައެވެ. މަންމާ.. މަންމާ.. ޝައިރަމް އަޑުގެ ކޮޅަށް ގޮވައި ގަތެވެ. ރޮއި ހޭރި ގަތެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ.

** ** ** ** ***

ލެއިން ފޯވެފައިވާ އެ ކޮޓަރިން ނުކުންނާނެ ގޮތެއް ޝައިރަމް އަކަށް ނޭގުނެވެ. ދެމެމުން ކޭއްތަމުން ޝައިރަމް ކޮޓަރީގެ ދޮރާ ހަމަޔަށް ދިޔައެވެ. 

ޝައިރަމްގެ ބޮލަށް އެބުރުން އެރިއެވެ. މަޑުމަޑުން ދޮރުގައި ޝައިރަމް ލެގިގަތެވެ. 

މަންމަ ގެ މޫނަށް ބަލާކަށް ވެސް ޝައިރަމް އަށް ނުކުރެނެވެ. ކޮޓަރި ތެރެ އަދިރި ވަމުންދިޔައެވެ. ލެއިން ފުރިފައިވާ އެ ކޮޓަރީގައި ޝައިރަމް ތާށި ވިއެވެ. ނުކުންނާކަށް ވެސް ޝައިރަމް އަކަށް ނޭގުނެއެވެ.

ފާރުގައި އަތް ކާއްތަމުން ލެޔާއި އެއްކޮށް ތެމިގެން ޝައިރަމް ބޭރަށް ނުކުތެވެ. ދޮރުމައްޗަށް ނުކުމެވުމާއެކު، ޝައިރަމް މީހަކު ހޯދުމަށް ދުއްވައިގަތެވެ.

ވަށައިގެންވި އެ ސަރަހައްދުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުޅި ހިސާބުއޮތީ ހަމަހިމޭން ކަން ވެރި ވެފައެވެ. އެއްވެސް ދިމާލަކަށް ބެލުމެއް ނެތި ދުވަމުން ދުވަމުން ޝައިރަމް ދިޔައީ މީހަކު ހޯދުމަށެވެ. ރަށުގެ މެދަކާއި ހަމަޔަށް ޝައިރަމް އަށް ދެވުނު އިރު، ކުއްލިއަކަށް ދުނިޔެ މަތި ބަނަވެ ގުގުރާ ވާރޭ ވެހެން ފެށިއެވެ. 

މުޅި ސަރަހައްދަށް އަނދިރިވެ ނާމާން ކަން ވެރިވެގަތެވެ. ޝައިރަމް ވަރުބަލި ވިއެވެ. ހީކަރުވާ ތުރުތުރު އަޅަން ފެށިއެވެ. ޝައިރަމް މަޑު ޖެހިލިއެވެ. ކުއްލިއަކަށް ޝައިރަމް އަށް ފެނުނީ ފަން ޖިފުޓި ގަނޑެވެ. ޝައިރަމް އެތަނަށް ވަނެވެ.

** ** ** ** ***

ޖިފުޓި ގަޑު ތެރޭގައި ހުރި އައްޓެއްގެ މަތީގައި ޝައިރަމް އިށީނެއެވެ. މީހަކު ގޮވާހެން ޝައިރަމް އަށް ހީވިއެވެ. ޝައިރަމް ފަހަތަށް ބަލާލިއެވެ. ޝައިރަމް އަށް ފެނުނީ ދެވަނަ ދެ މީހެއް ނޫނެވެ. 

(ނުނިމޭ) އަންނަ ހަފްތާގެ ހުކުރު ދުވަހަށް އިންތިޒާރު ކޮށްލައްވާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް