ads
އައިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފާ އެކު
ޖެންޑާ މިނިސްޓަރު ކަމަށް ކުރީގެ ވަޒީރު އައިޝާ އައްޔަންކުރަން ރައީސް ނިންމަވައިފި
ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރު ކަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަނު ކުރައްވަން ނިންމަވައިފި އެވެ.

ރައީސް ސޯލިހް މީގެއިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާ ޝަރީފް ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާ، ފޮނުއްވާފައިވާ ސިޓީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. 

ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ރައީސް ސޯލިހް ވަނީ ޝުކުރު ވެސް އަދާކުރައްވާފަ އެވެ. 

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ޖެންޑާ މިނިސްޓަރުގެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަންކުރަން އެމަނިކުފާނު މިހާރު ނިންމަވާފައިވާ ކަމަށެވެ. 

މިސަރުކާރުގައި އައިޝަތު މުހައްމަދު ދީދީ މިހާތަނަށް ހުންނެވީ ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. 

އައިޝަތު މުހައްމަދު ދީދީ މީގެކުރިން ވެސް ޖެންޑާ މިނިސްޓަރު ކަން ކުރައްވާފަ އެވެ. އެގޮތުން އެެކަމަނާ ޖެންޑާ މިނިސްޓަރު ކަން ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޖުލައި 2005 އިން ނޮވެމްބަރު 2008 އަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް