ads
ޝިދާތާ ޝަރީފް
ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވެ: އިމްރާން
ޖެންޑަ މިނިސްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ޝިދާތާ ޝަރީފަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވުމާ ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ހިދުމަތް ވަރަށް ބޮޑަށް ފާހަގަކުރައްވާ، ތައުރީފް ކުރައްވާފަ އެވެ.

އެގޮތުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ޝިދާތާ އަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށެވެ. 

"އަދާލަތު ޕާޓީއަށް، ހުދު އަޅުގަނޑަށް އެކަމަނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާނީ މިންކުރެވޭ ވަރަށް ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ. 

އިމްރާން ވިދާޅުވީ ޝިދާތާގެ ހިދުމަތްތަކަކީ ގެއްލިގެންދާނެ ހިދުމަތްތަކެއް ނޫން ކަމަށެވެ. އަދި ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވާ ކަމަށްވެސް ވިދާޅުވި އެވެ. ސިޔާސީ ހަރަކާތުގައި ޝިދާތާ އަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށްވެސް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފަ އެވެ. 

ޝިދާތާގެ އިސްތިއުފާއާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް ބޭފުޅެއް ކަމަށްވާ އައިމިނަތު ނާދިރާ ވިދާޅުވި ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވުމަކުން ރާއްޖޭގައި ކުރަމުންދާ ޖިންސީ ގޯނާއާއި އަނިޔާ އަދި އިހްމާލުގެ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ. މިމައްސަލަތަކުގައި ޒިންމާވާންޖެހޭ ބައިވަރު މީހުން އެބަތިބި ކަމަށާއި އެކަކު ކަތިލައިގެން މައްސަލަ ހައްލު ނުވާނެ ކަމަށްވެސް ނާދިރާ ވަނީ ވިދާޅުވެފަ އެވެ. 

ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ މިއަދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން ކުރިމަތިވި ބޮޑެތި ފިއްތުއްތަކާ ގުޅިގެންނެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް