ads
އިސްތިއުފާ ދިނީ މައްސަލަތަކުގައި އިހުމާލެއް ނެތްކަމުގެ ޔަގީންކަން އޮތީމަ: ޝިދާތާ
ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދިނީ މައްސަލަތަކުގައި އެކަމަނާގެ އިހުމާލެއް ނެތްކަމުގެ ޔަގީންކަން އޮތުމުން ކަމަށް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
Advertisement

ޝިދާތާ މިފަދައިން ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެގޮތުން ޝިދާތާ ވިދާޅުވެފައިވަނީ، ވޭތުވެދިޔަ ތަނުގައި އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާނެ ފުރުސަތު ނުލިބި އޮތްއޮތުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. 

ޝިދާތާ ވިދާޅުވީ މަގާމުން އިސްތިއުފާ ދިނީ، ކުރިން ހިނގަމުންއައި އެހެންނަމަވެސް އެއިރު ސަރުކާރާއި އަދި ރައްޔިތުންގެވެސް ސަމާލުކަން ނުލިބިހުރި މައްސަލަތައް އިންތިހާއަށް އިތުރުވެ ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މަސްލަހަތަށް ބެލުމަށްފަހު ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދިނީ މައްސަލަތަކުގައި އިހުމާލެއް ނެތްކަމުގެ ޔަގީންކަން އޮތުމުން ކަމަށް ޝިދާތާގެ ބަޔާނުގައި ވެއެވެ.

"ނަމަވެސް އަޅުގަނޑު މިނިންމުން މިނިންމީ މިދުވަސްވަރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އަޅުގަނޑާއި އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ޓީމުގެ އިހުމާލެއް ނުވާނެ ކަމާއި އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގްތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިއަށް އޮތްތަނުގައިވެސް ހާމަވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާވެސް އެކުގައެވެ." ޝިދާތާ ނެރުއްވި ބަޔާނުގައި ވެއެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ، ބޮޑެތި ގޮންޖެހުންތަކާއެކުވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ކުޑަކުދިންނާއި އަންހެނުންނާއި އަދި ޙާއްސައެހީއަށް ބޭނުންވާ މީހުންގެ ހާލަތު ރަގަޅު ކުރުމަށާއި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުންގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ގިނަ ކާމިޔާބީތައް ހޯދިފައިވާކަމަށެވެ. އަދި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއެކުވެސް އެފަދަ ކަންކަމާ މީގެކުރިން އަޅާލެވިފައިނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މަސައްކަތް ފެށިފައިވުން ކަމަށް ޝިދާތާ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް