ads
ފޮޓޯ: ރައީސް އޮފީސް
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.

މި ދަތުރާއި ބެހޭ ގޮތުން ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް އާއްމު ކޮށްފައި ނުވިނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ މިދިޔަ ފެބްރުއަރީ މަހު ރައީސް ކުރެއްވެވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު މެޑިކަލް ޗެކަޕެއް ހެއްދެވުމަށް ކުރެއްވެވި ދަތުރުފުޅެކެވެ. 

އޮޕަރޭޝަން ކުރެއްވުމަށް ރައީސް ސިންގަޕޫރަށް ދަތުރުފުޅެއް ކުރެއްވީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެއޮޮޕަރޭޝަން ކުރެއްވީ އެމަހުގެ 25 ވަނަ ދުވަހު އެވެ. އެއަށްފަހު އެބުރި މާލެ ވަޑައިގަތީ މާޗު މަހުގެ ހަތްވަނަ ދުވަހު އެވެ.

އެ އޮޕަރޭޝަނަށްފަހު ރައީސް މާލެ ވަޑައިގެން އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސްގެ ދެކަނބަލުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ހާލަތު ހުރިގޮތުން، ބައްދަލުވުންތަކުގައި ހައެއްކަ ހަފްތާ ވަންދެން ވާހަކަ ދެއްކުން ކުޑަކޮށް މަޑުޖައްސާލުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކޮށްފައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް