ކެންޔާގެ ކައިވެނީގެ ހަފްލާއެއްގެ ތެރެއިން
ކެންޔާ ފިރިހެނުންނަށް ދަރިން ނުލިބޭ މައްސަލަ ބޮޑުވެއްޖެ
Share
ކެންޔާ ފިރިހެނުންގެ ދަރިފަނި އުފެދުން މަދުވާ މައްސަލައިގައި އެގައުމުގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
Advertisement

މި މައްސަލަ މިހާރު ބައިނަލް އަގުވާމީ ނޫސްތަކުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ. މި މައްސަލައިގައި ތަހުލީލުތައް ހަދަން ފަށާފައިވާކަން އެ ގައުމުގެ ކަމާ ގުޅުންހުރި މީހުންނާއި ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ. 

ވޯލްޑް ބޭންކުގެ ތަފާސްހިސާބު ދައްކާގޮތުން ކެންޔާގައި މާބަނޑުވާ މިންވަރު އަންނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. އެގޮތުން 1960 ވަނަ އަަހަރު އެގައުމުގެ ކޮންމެ އަންހެނަކު އެވަރެޖްކޮށް ހަތް ދަރިންނަށްވުރެ ގިނައި ވިހައެވެ. ނަމަވެސް 2000 ވަނަ އަހަރާއި ހަމައަށް އައިއިރު އެގައުމުގެ ކޮންމެ އަންހެނަކު ވިހަމުން ދިޔައީ އެވަރެޖްކޮށް ފަސް ދަރިންނެވެ. އަދި މިހާރު ކޮންމެ އަންހެނަކަށް ހުރީ އެވަރެޖްކޮށް ތިން ދަރިންނެވެ. 

މި މައްސަލައިގައި ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަދެއްކި މީހަކު "ނެޝަން އެފްރިކާ" އަށް ބުނެފައިވަނީ އޭނާގެ އަނބިމީހާ ވެސް ގެއްލުނީ މި މައްސަލައިގައި ކަމަށެވެ. އަދި އެފަދަ އެތައް ބަޔަކު ކެންޔާގައި އެބަތިބިކަމަށެވެ. 

މި މައްސަލައިގައި ކަންބޮޑުވާ މީހުން ބުނަނީ ކެންޔާ ސަރުކާރުން މި މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް