ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ: ފޮޓޯ މިހާރު
ބޭސް ސިޓީތަކަށް ބޭސް ދޫކުރަނީ ދެން އެއް ފަހަރު!
ކޮވިޑް-19 އާއި ގުޅިގެން ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކޮށް، ބޭސް ސިޓީއަކަށް އެއްފަހަރު ބޭސް ދޫކުރާ ގޮތަށް ބަދަލުކޮށްފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމު ފުރަބަންދުކޮށް، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދުމުގައި އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، މީގެ ކުރިން ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް އާސަންދައިން ނިންމިއެވެ.

ނަމަވެސް އެ ކުންފުނިން މިއަދު ނެރުނު އިއުލާންއެއްގައި ބުނީ، ކޮވިޑް-19އިގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވެފައިވާތީ އެ އުސޫލު ބަދަލުކޮށް އަންނަ އޮކްޓޯބަރުން ފެށިގެން މިފަދަ ބޭސްސިޓީތަކަށް ވެސް ބޭސް ދޫކުރާނީ އެންމެ ފަހަރަކު ކަމަށެވެ.  ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާވެސް ޑޮކްޓަރުގެ އާ ބޭސްސިޓީއެއް ލިޔެދެއްވެމުންނެވެ.

މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން، 1 ޖެނުއަރީ 2020 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުވެސް މަންމަގެ އައިޑީކާޑުން ހިދުމަތް ދެމުން ގެންދިޔަ އުސޫލުވެސް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން، މިއަހަރުގެ ނޮވެމްބަރުން ފެށިގެން، ކުރިންވެސް އޮތް އުސޫލާ އެއްގޮތަށް، ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެންނެވެ.

އާސަންދަ ސްކީމްގެ ދަށުން ހިދުމަތް މިވަގުތު މިވަގުތު އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސުގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް ވެސް ދަނީ ފޯރުކޮށްދެމުންނެވެ. 

ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ހިދުމަތް ދިނުންކަމުގައި ވާތީ، ހުރިހާ ފަރާތްތަކުންވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް