ads
މިހޯ ޕެލެސް ލޯންޗު:--
ހަތަރު ދިވެހިންނާއެކު ގެއްލުނު ލޯންޗު ފެނިއްޖެ
ހަތަރު ދިވެހިންނާއެކު ދަތުރުކުރަމުން ދަނިކޮށް އިއްޔެ ގެއްލުނު "މިހޯ ޕެލެސް" ލޯންޗު ފެނިއްޖެކަމަށް ސިފައިން ބުނެފިްއެވެ.

ލޯންޗު ފެނުނީ ފަތިހު 4:00 ގައެވެ. 

ލޯންޗު ގެއްލުނީ ގދ.ފިޔޯރީން ފުރައިގެން އައްޑޫ ސިޓީ ހިތަދޫއަށް ދަތުރުކުރަނިކޮށެވެ.

ލޯންޗުން ދަތުރުކުރި 4 މީހުންގެ ހާލުވެސް ރަނގަޅެވެ.

އިއްޔެ ހަވީރު 16:30 ހާއިރު މި ލޯންޗު ގދ.ފިޔޯރީން ފުރިފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވަނީ ރޭ 22:33 ހާއިރުއެވެ.

މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗު އެފްއައިސީ ދޮޝިމޭނާ ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

"މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ލޯންޗު ފެނިފައިވަނީ މިރޭ ފަތިހު 04:00 ހާއިރު އައްޑޫ ސިޓީ ހިތަދޫގެ އުތުރުން 15 މޭލު ބޭރުން،" ސިފައިން ބުންޏެވެ. 

މި ލޯންޗު މިރޭ ފަތިހު 05:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ގެންދެވިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް