ads
އާސަންޖް އާއި މޮރިސް
އަސާންޖޭ އެމެރިކާއާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފި
އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ލީކް ކޮށްލި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ވިކިލީކްސްގެ ފައުންޑަ ޖޫލިއަން ޕައުލް އަސާންޖޭ އެމެރިކާ ސަރުކާރާ ހަވާލުކުރުމަށް އިނގިރޭސި ކޯޓުން އަމުރުކޮށްފި އެވެ.

އޮސްޓްރޭލިއާ އަށް އުފަން އަސާންޖަކީ 2006 ވަނަ އަހަރު އުފެދުނު ވިކިލީކްސްގެ ފައުންޑަރުގެ އިތުރުން ނޫސްވެރިއެެއް އަދި އެކްޓިވިސްޓެކެވެ. ވިކިލީކްސް ދުނިޔޭގެ ސަމާލުކަމަށް އައީ ޔޫއެސްގެ އާމީ އިންޓެލިޖެންސް އެނަލިސްޓަކު ފޯރުކޮށްދިން އެ ގައުމު ޑިފެންސާއި ގުޅޭ ސިއްރު ލިޔެކިޔުންތަކެއް 2010 ވަނަ އަހަރު ލީކްކޮށްލުމާއި ގުޅިގެންނެވެ.

އަފްގާނިސްތާނާއި، އިރާގްގެ ހަނގުރާމަ އާއި ގުޅޭ ލައްކައެއް ހާ ޑޮކިއުމެންޓްސް އެ ފަހަރު ވަނީ ލީކުކޮށްލައިފަ އެވެ. އޭގެތެރޭގައި އިރާގްގެ ރައްޔިތުންތަކެއްގެ ގަޔަށް ބަނޑިޖަހާ، މަރާ މަންޒަރު ދައްކުވައިދޭ ފުޓޭޖްތަކެއް ވެސް ހިމެނެ އެވެ.

އަސާންޖް މިވަގުތު ހުރީ އިނގިރޭސިވިލާތުގެ ޖަލެއްގަ އެވެ. އޭނާ ބަންދުގައި ބަހައްޓާފައި ހުރީ އެމެރިކާގެ ސަރުކާރާއި އޭނާ ހަވާލު ކުރުމާއިމެދު ކޯޓުން ގޮތެއް ނިންމަންދެނެވެ.

އަސާންޖޭގެ ސިކުޑީގެ ބަލިކަމެެއް ހުރުމުން އެމެރިކާއާ ހަވާލުކުރެވެން ނެތް ކަމަށް މިދިޔަ އަހަރު މެޖިސްޓްރޭޓް ކޯޓުން ނިންމި ނަމަވެސް، އޭނާގެ ސިއްހަތަށް ރިއާޔަތް ކުރާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދިނުމުން، އަސާންޖޭ އެމެރިކާއާ ހަވާލުކުރެވިދާނެ ކަމަށް ހައި ކޯޓުން ވަނީ ނިންމާފަ އެވެ.

އިއްޔެ އިނގިރޭސި ކޯޓުން ވަނީ އަސާންޖޭ އެމެރިކާގެ ސަރުކާރާއި ހަވާލުކުރުމަށް އަމުރު ނެރެފައެވެ. އެމައްސަލަ އިސްތިއުނާފް ކުރުމަށް އަސާންޖޭ އަށް 14 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މި އަޑުއެހުން ކުރިއަށްދިޔަ ވަގުތު ގިނަ އަދަދެއްގެ ބަޔަކު ވަނީ އަސާންޖޭގެ ބޯޑުތައް ހިފައިގެން ނިކުމެ އޭނާގެ ދިފާއުގައި އަޑުއުފުލާފައެވެ. އަޑުއުފުލި ބައެއް މީހުން ބުނިގޮތުގައި އޭނާ ހާމަކޮށްދިނީ އަފްގާނިސްތާން އާއި އިރާގުގެ ހަނގުރާމާގައި ހިންގި ލާއިންސާނީ އަމަލުތަކުގެ ހަގީގަތެވެ. އަދި އެއީ އެކަމަށްޓަކައި އޭނާއަށް އަދަބު ލިބެންވީ ކަމެއް ނޫންކަމަށާއި، އެއީ އެކަމުގެ ސަބަބުން އޭނާއަށް ޝުކުރުވެރިވާންވީ ކަމެއް ކަމަށް ބުނެ އަޑުއުފުލާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް