ރޯވެފައިވަނީ ރަށްދެބައިމަގާއި މަޖީދީމަގު ގުޅުނު ހިސާބުގައި ހުރި ގެއެއްގައެވެ. އެސަރަހައްދުގައި ހުރި މީހަކު ބުނީ އެސަރަހައްދުގެ ތިން ގެއެއްގައި ރޯވެ އަނދަމުންދާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރޯވެފައިވަނީ ގ. ނިއު ކޮލަންބިއާގެއާ އިންވެގެން ހުރި ގަރާޖެއްގައެވެ.
އެމްއެންޑީއެފް އިން ބުނީ މިހާރު ފަޔަ އެންޑް ރެސްކިއު ސާވިސް އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސީއެންއެމް އިން އެސަރަހައްދަށް ގޮސް ބެލުމުން، ސައިކަލަކަށް ޕެޓްރޯލު އަޅަން އުޅުމުގެ ތެރޭގައި ހިނގާފައިވާ ހާދިސާއެއްކަން ވަނީ އެނގިފައެވެ. އެސަރަހައްދުގައި ހުރި ވަރަށް ގިނަ ވެހިކަލްތައް ވެސް ވަނީ އަނދާފައެވެ.