އެމްއެންޑީއެފް އިން ބުނީ ސައުތުޕާމް ރިސޯޓާއި ސ.ހުޅުމީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އުރިފައިވަނީ "ފެމިނާ" ކިޔާ މަސްދޯންޏެއް ކަމަށެވެ.
ނެރުގެ ކަންމައްޗަށް އުރިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިންމިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:22 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ދޯނީގައި ތިބީ 19 ދިވެހި މަސްވެރިން ކަމަށާއި، ދޯނި ފުންކުރުމުގެ މަސައްކަތުގައި އެމީހުންވެސް ހަރަކާތްތެރިވަމުންދާކަމަށް ސިފައިން ބުނެއެވެ.
މިއަދު މާލޭގައި ވޗަނީ އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ. އެހާދިސާގައިވެސް އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވެއެވެ. އެހެންނަމަވެސް މުދަލަށް ވަނީ ގެއްލުން ވެފައެވެ.