ads
މަސްޖިލުލް އަލް އަގްސާ:-
އަގްސާ މިސްކިތުގައި ތިބި މީހުންނަށް ބޮން ބޭނުންކޮށްގެން ހަމަލާ ދީފި
މަސްޖިދުލް އަގްސާ މިސްކިތުގައި ނަމާދު ކުރަން ތިއްބައި ސްޓަން ބޮންއުކައި ބަޑިޖަހައި އެތައް ބަޔަކު ޒަހަމްކޮށްލައިފިއެވެ.

މި އަމަލު ހިންގާފައިވަނީ މިއަދު ހެނދުނު އިޒްރޭލު ސިފައިންނެވެ. އެމީހުންގެ ހަމަލާގައި 30 މީހުން ވަނީ ޒަހަމްކޮށްލާފައެވެ. އޭގެ ތެރެގައި ތިން ނޫސްވެރިންވެސް ހިމެނެއެވެ. ބެލެވޭ ގޮތުގައި އެ މީހުންގެ މަގުސަދަކީ އަލް އަގްސާ މިސްކިތަށް ހުކުރު ނަމާދަށް މީހުން އެއްވިޔަ ނުދިނުމެވެ.  

ރޯދަމަހާއި ދިމާކޮށް ފަލަސްތީނުގެ މީހުންނަށް މުސްލިމުގެ މުގައްދަސް މިސްކިތެއްކަމަށްވާ މަސްޖިދުލް އަގްސާއަށް ވަނުމަށާއި އެތަނުގައި އަޅުކަން ކުރުމަށް ހުރަސްއެޅުމަށް އިޒްރޭލު ސިފައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ. 

މިދިޔަ ހަފްތާގެ ތެރެގައި ވެސް އިޒްރޭލު ސިފައިން ވަނީ އަގްސާ މިސްކިތުގެ ތެރޭގައި ނަމާދުކުރަނިކޮށް ވަދެ، ހަތިޔާރުގެ ބޭނުންކޮށް އެތަނުގައި ތިބި ފަލަސްތީނު ރައްޔިތުން ނެރުމަށް މަސައްކަތް ކޮށްފައެވެ. 

ނަމަވެސް އެ މިސްކިތުގެ ކޮންޓްރޯލް އެއްކޮށް އިޒްރޭލަށް އަދިވެސް ނުނެގެއެވެ. 

މިއަދު އެ މިސްކިތުގައި ނަމާދު ކުރަނިކޮށް ހަމަލާ ދީފައިވަނީ ރަބަރު ވަޒަނާއި، ސްޓަން ބޮން ބޭނުން ކޮށްގެނެވެ. 

ސްޓަން ބޮން ބޭނުން ކުރުމުގެ ސަބަބުން އޭޕްރީލް މަހު 20 ވަނަ ދުވަހު ފަލަސްތީނުގެ 18 އަހަރުގެ ޒުވާނެއް ވެސް ވަނީ މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް