އެމީހުންގެ އަތުން ފޭރިފައިވަނީ ލަންޑަނުގެ މަގެއްގެ މަތިންނެވެ. ފޭރުނު މީހުން ވަނީ އަމިރްގެ އަތުގައި އަޅާފައިވާ 72،000 ޕައުންޑުގެ ގަޑި ގެންގޮސްފައެވެ.
މި ހާދިސާ ހިނގި މަންޒަރު ވަނީ ސީސީ ޓީވީއަށް އަރާފައެވެ.
ފޭރުނު މީހުން ވަނީ އެމީހުންގެ ބޮލުގައި ބަޑި ޖައްސައި ބިރު ދައްކާފައެވެ.
ފޭރޭމީހުން އައުމުން އަމިރް ހާންގެ އަންހެނުން، ފަރިޔާލް މަހްދޫމް ވަނީ ބިރުން ފިލަން ދުވަފައެވެ.
ނޫސްވެރިން އޭނާގެ އަންހެނުންނާ ސުވާލު ކުރުމުން ބުނެފައިވަނީ "އަމިރް ހާން އަށް ޓަކައި ބަޑިއަކާ ކުރިމަތިލާން ނުކުރޭނެ" ކަމަށެވެ.
އަމިރް ހާން އަދި އޭނާގެ އަންހެނުން:-
އަމިރް ހާން އަކީ އޮލިމްޕިކްސް އިން ބޮކްސިން ތެޅުމުން ސިލްވާ މެޑަލް ހޯދާފައިވާ މީހެކެވެ.