ads
އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް…
އެމްޓީސީސީގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަށް 3.50 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ފާސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތު ދުވަހު ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ހުށައަޅަން ނިންމާފައި ވާއިރު، ޖުމްލަ 28 މިލިއަން ރުފިޔާ ބެހުމަށް ބޯޑުން ވަނި ފާސްކޮށްފައެވެ. 

އެމްޓީސީސީއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، އެކުންފުނީގެ ހިއްސާގެ ފައިސާ ލިބޭނީ މި ހިނގާ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެހެން ނަމަވެސް އެކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އެކުންފުނިން ހިއްސާ ކޮށްފައިނުވެއެވެ. 

އެމްޓީސީސީއަށް މިދިޔަ 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެކުންފުނިން އަންދާޒާ ކުރާ ގޮތުގައި މިއަހަރު އެކުންފުންޏަށް ފައިދާގެ ގޮތިގައި 300 މިލިއަން ރުފިޔާ ލިބޭނެއެވެ. 

2020 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 190.69 ލިބިފައިވާއިރު، އެކުންފުނިން އެ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ، 3 ރުފިޔާކަން ފާހަގަ ކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް