ads
ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓް--ފުޓޯ: ޓްވިޓާ
ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ
ރަޝިއާގެ ބޯޓުފަހަރަށް ރާއްޖެ އިން ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ރާއްޖެއިން ދިނުމާއިއެކު ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓުން ރާއްޖެ އާއި ރަޝިޔާއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ރަޝިއާގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ، މިހާރު ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދުކުރެވެމުންދާ ހަނގުރާމައާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް ޔޫރަޕުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން މިދިޔަ މަހުގެ ކުރީކޮޅެއެވެ.

ނަމަވެސް މިދިޔަ މަހު ރަޝިއާގެ ފެޑަރަލް އެއާޓްރާންސްޕޯޓް އެޖެންސީން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތީރިޓީއަށް، ފޮނުވި ސިޓީއެއްގައި ވަނީ އެއިރޯފްލޮޓްގެ ބޯޓުތަކަށް ރާއްޖެ އިން ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދިނުމަށް އެދިފައެވެ.

އެ ސިޓީގެ ޖަވާބުގައި މިދިޔަ ބުރާސްފަތި ދުވަހު ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސެއިން ޖަލީލް ސޮއިކުރައްވައި އެ އެޖެންސީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ ޔަގީންކަން ދީފައެވެ. 

އެހެންކަމުން އަންނަ މަހުގެ 13އިން ފެށިގެން އެ އެއިރޯފްލޮޓްގެ ސީދާ ޝެޑިއުލް ދަތުރުތައް މޮސްކޯ އާއި ރާއްޖެއާ ދެމެދު ބޭއްވަން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް