ads
ފާޓިލައިޒާ ގައި އެތެރެކުރި މަސްތުވާ ތަކެތި: މައްސަލައިގައި ހިމެނޭ ހުރިހާ އެންމެން ވަނީ ދޫކޮށްލާފައި
17 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި
ދާދިފަހުން ފުލުހުން އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ދިވެހިން ދޫކޮށްލައިފި އެވެ.

މިމައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝް ދެމީހުންވަނީ ކުރިން ދޫކޮށްލާފައެވެ. 

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްއިން ދިން މައުލޫމާތަކާއި ގުޅިގެން މާޗްމަހުގެ 20 ވަނަ ދުވަހުގެރޭ މާލޭގައި ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު, މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރު ކުރިއެވެ.

އޭގެތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި, ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. ދިވެހި ދެ މީހުންގެ ތެރެއިން 27 އަހަރުގެ މީހާއަކީ މާލެއަށް ނިސްބަތްވާ މީހެކެވެ. 32 އަހަރުގެ މީހާއަކީ މާލެ އަތޮޅު ހިންމަފުށްޓަށް ނިސްބަތްވާ މީހެކެވެ. 

އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާޗްމަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޯޓަށް ހާޒިރުކުރުމުން ދިވެހި ދެ މީހުންގެ ބަންދަށް ދިނީ ފަސް ދުވަހެވެ. ބަންގްލަަދޭޝްގެ ދެ މީހުންގެ ބަންދަށް ދިނީ 15 ދުވަހެވެ.

ވައިގެމަގުން އެތެރެކުރި މި މަސްތުވާ ތަކެތި ފުލުހުން ހިފަހައްޓާފައިވަނީ ޕިކަޕަކަށް އަރުވައިގެން ސޯސަން މަގުން ދަނިކޮށްނެވެ. 

މިމައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުން 

  1. އަބްދުﷲ އަހްތަރު (ސީސަންގެ/ކ.ހިންމަފުށި)
  2. މުހައްމަދު އިމްއާން ޝަމީލް (ގ. ބްރައިޓްސްޓާ/ކ. މާލެ)
  3. މުހައްމަދު ބުރުހާނުއްދީން (ބަންގްލަދޭޝް)
  4. އަބްދުއްރަހުމާން (ބަންގްލަދޭޝް)

މި މީހުންގެ ތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ކްރިމިލް ކޯޓުން، މިދިޔަ ބުދަ ދުވަހު ދޫކޮށްލާފައެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އެ ދެ މީހުންނަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކުގެ ރެކޯޑު ގިނަ އަދަަދަކަށް އޮތް ދެ މީހުންނެވެ.  

ކަސްޓަމްސް އިން ބުނެފައިވަނީ އެ ތަކެތި ރާއްޖެ އެތެރެކުރީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި ކަމަށާއި، އެ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ފާޓިލައިޒާ ޝިޕްމަންޓެއްގައި، އޯގަނިކް ފާޓިލައިޒާގެ ގޮތުގައި ކަމަށެވެ. 

ކަސްޓަމްސްއިންވަނީ އެ އެ ތަކެތި ތަހުލީލުވެސް ކޮށްފައެވެ. އަދި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (ހަޝިޝް އޮއިލް)އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނާއިރު އެތަކެތީގެ  މަގުމަތީ އަގު 13.6 މިލިއަން ރުފިޔާއަށް އަރާކަމަށް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް