ads
ޝަކުވާ
ޝަކުވާ
ދީނާ ޒުހުދު އާއި ކައިވެނި ކުރިދުވަހުން ފެށިގެން ޒުހުދުގެ ފުށުން ފެންނަމުން ދިޔައީ ރުންކުރު ކަމާއި ކަންކަން ސިއްރު ކުރާ ކަމުގެ ސިފަތަކެވެ. ދީނާ އޭނާގެ ފިރިމީހާ އާއި މުހާތަބު ކޮށް ބުނަމުން ދިޔަ އެވެ. "ކީއްވެ ތިހެން ތި ބުނަނީ. އަބަދު ކަމެއް ވީމަ ދޯ ތިފާޑަށް އަހަންނާ މުހާތަބު ކުރާނީ."
Advertisement

"އަހަރެންވެސް ޒުހުދު އާއި ތިފާޑަށް ދުވަހުހަކު ވެސް މުހާތަބު ނުކުރަން. ދެން ކީއްވެ؟ އަހަންނާ ތިފާޑަށް ވާހަހަކަ ދައްކަނީ،" އަނެއްކާވެސް ދީނާ ސުވާލު ކުރަމުން ދިޔައެވެ.

ދީނާ ހިތުގެ ޝަކުވާ ތަކަށް ޒުހުދު ޖަވާބެއް ދޭކަށް ބޭނުމެއް ނުވެއެވެ. ދީނާ އަށް ނޭނގެނީ އެ ޖަވާބު ނުލިބެނީ ކީއްވެ ކޮން ސަބަބަކާ ހެދި ކަމެވެ.

ކައިވެނީގައި ފަސް އަހަރު ވެގެން ދިޔައިރު ދީނާ ހިތުގައި އުފެދިފައިވަނީ އެއް ސުވާލެކެވެ.

އެ ސުވާލު ތަކުގެ ޖަވާބު ލިބޭތޯ ދީނާ އެތަކެއް އަދޭހެއް ކުރިއެވެ. ހިތުގައި އުފެދިފައިވާ ސުވާލު ތަކުން ދީނާގެ ހިތް ރޮއްވަމުން ދިޔައިރު، ދީނާގެ ހިތްވަނީ ކުދިކުދި ވެފައެވެ.

ދީނާ ޒުހުދު އާއި ކައިވެނި ކުރީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. ދީނާ ޒުހުދު އާއި ކައިވެނި ކުރީ ލޯބި ވެގެން ނޫން ކަމުގައި ވިޔަސް ކައިވެންޏަށްފަހު ދީނާގެ ހިތުގައި ޒުހުދު އަށް ދެވިފައިވަނީ އެންމެ މަތިވެރި ލޯތްބެވެ. އެންމެ މަތިވެރި ގަދަރެވެ.

ދީނާގެ ހިތުގައި ފިރިމީހާ އަށް ދެވިފައިވާ ގަދަރު ކުޑަކުރުމަށް ދުވަހަކު ވެސް ދީނާ ބޭނުން ނުވެއެވެ. ނަމަވެސް ފިރިމީހާގެ އަމަލު ތަކުން ދީނާގެ ހިތުގެ ޝަކުވާތައް ވަނީ ބޮއްސުން ލާފައެވެ.

ޝަކުވާ ތަކާއެކު ކެތްތެރިވެ އުޅެމުން އައި ދީނާ މިއަދު ބޭނުންވަނީ އެ ސުވާލު ތަކުގެ ޖަވާބު ހޯދުމަށެވެ.

"އަހަރެން ޒުހުދު ދެކެ ވަރަށް ލޯބިވޭ. ޒުހުދު ބުނެބަށް އަހަރެންދެކެ ލޯބިވޭއޭ. ނުބުނާން ތަ. އަޅެ ޕްލީސް އެއްމެ ފަހަރަކު ބުނެބަށް. ތީ އަހަރެންގެ ފިރިމީހާ. މީ ތިނަގެ އަނބި މީހާ. ޕްލީޒް އެންމެ ފަހަރަކު" ދީނާ އެދެމުން ދިޔައީ އެންމެ ފަހަރަކު ވެސް ފިރިމީހާގެ ދުލުން ލޯބިވެޔޭ ބުނުމަށެވެ. 

ޒުހުދުގެ އަމަލު ތަކުން ހިތުގައި އުފެދިފައި ހުރި ސުވާލު ތަށް ގިނަވެ ދީނާ ޝަކުވާ ކުރަމުންދިޔައެވެ. 

"ޒުހުދު އަހަންނާއި ދޭތެރޭ ދެކޭގޮތް އަހަރެއް އަމިއްލަ އަށް ބުނަން ބޭނުން. މި ދިރިއުޅުމަށް ދަރިއަކު ނެތީމައިތަ! އެއީ އަހަރެންގެ ކުށެއްތަ! ދަރިއަކު ނެތީ. ޒުހުދު ފޫހިވަނީ އެހެންވެތަ. އަޅެ ބުނެބަލަ ޕްލީޒް ކޮންމެވެސް އެއްޗެއް ބުނެބަލަ. އަހަރެން ހިތަށް ފިނިކަމެއް ބޭނުން،" ދީނާ ފިރިމީހާ ގާތުގައި އާދޭސް ކުރަމުން ދިޔައެވެ.

އާދޭހާއި އެކުވެސް ދުވަސް ތައް ފާއިތުވަމުން ދިޔައެވެ. ދީނާ ހުރީ ފިރިމީހާގެ އުޅުމަށް ބަލާށެވެ. ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބުނު ނަމަވެސް ވަރިހަމަ ކޮށްގެންނެވެ.

ފަތިސް ނަމާދު ކުރުމަށްފަހު ގޭގެ ސިޓިން ރޫމުގެ ސޯފާގައި އިށީދެގެން އިން ދީނާގެ ދައްތަ އަކު ގެއަށް އައެވެ. މާ ބާރަށް ދީނާ އަށް ގޮވާލި އެވެ. "ދީނާ. ދީނާ" އެ ދައްތަ ނިޒާމާ ގޮވަމުން ދިޔައެވެ. 

ދީނާ ބޭރަށް ނުކުތެވެ. ކިހިނެއްވީ؟ ކީއްވެ ތި ގޮވަނީ؟ ދީނާ ފެނުމުން ވަރަށް މަޑުމަޑުން ނިޒާމާ ދީނާއި ގާތްވިއެވެ. "ދީނާ ކޮބާއިތަ ޒުހުދު" ނިޒާމާ ދީނާގެ ކަންފަތް ދަށުގައި ބުންޏެވެ.

"ނެތް ގެޔަކު ނޭގެ ދިޔަ ތަނެއް. ކިހިނެއްވީ މިގަޑީގައި ޒުހުދު ހޯދަނީ،" ދީނާ ބުންޏެވެ.

 ދީނާ އެހެން ބުނުމާއި އެކު ނިޒާމާ ވަރަށް މަޑުމަޑުން ބުންޏެވެ.

 "ޒުހުދު ރޭއްސުރެ އެބައޮތް މި ރަށު ފަހީމުގެ ކުރީގެ އަންހެނުން ޒައިނަބު ކައިރިއަށް ވަދެ. ގަބޫލު ނުކުރަންޏާ ދީނާދޭ ބަލަން،" އެހެން ބުނުމަށްފަހު ނިޒާމާ އެ ގެއިން ނުކުމެގެން ދިޔައެވެ.

ހިތުން ގަބޫލު ކުރަން ބޭނުން ނުވިޔަސް އެރޭ ޒުހުދު ގެއަށް ނާންނާތީ އެވާހަކަ ތަކުން ދީނާގެ ހިތް ރޮއްވިއެވެ.

ދީނާގެ ހިތް ކުދި ކުދިވި ކަހަލައެވެ. ދީނާގެ ހުރިހާ ޝަކުވާ ތަކެއް ހުއްޓާލިއެވެ. ދިރިއުޅުމަށް ކުރި އުއްމީދުތައް ވެއްޔާއި މޮޑެވުނެވެ. ދިރިއުޅުމަށް އެރި އެ ސުނާމީގެ ސަބަބުން ބިނާކުރަން ގަސްތުކުރި ހުވަނީ ގޭގެ ފާރުތަކުގައި ރެދުލިއެވެ.

އެ ދުވަހު ޒުހުދު ގެއަކަށް ނާދެއެވެ. ދީނާ ހުރީ ގެއަށް އަންނާނެ ކަމުގެ އިންތިޒާރުގައެވެ. އަސުރުން ތިރިވެ ހަވީރަށް އެޅުނު ފަހުން ޒުހުދު ގެއަށް އައެވެ. ހިތް އަވަސްވެ ރުޅިގަދަވެފައި ހުރި ދީނާ ފިރިމީހާ ފެނުމާއިއެކު ފިނިވިއެވެ. 

މަޑުމަޑުން ދީނާ ބުންޏެވެ. "ޒައިނަބު ކައިރިއަށް ދިޔައިންތަ. އެ ކޮންވާހަކައެއް،" ދީނާގެ ސުވާލު ތަކަށް ޖަވާބެއް ދުވަހަކު ވެސް ޒުހުދުގެ ފަރާތަކުން ނުލިބެއެވެ. ދީނާގެ ވާހަކަ ތައް ޒުހުދު އަޑު އިވޭ ކަމަކަށްވެސް ނެހެދިއެވެ. ދީނާ އަށް އެ ސުވާލު ނުކުރެވުނު ނަމައޭ ދީނާ ހިތަށް އެރިއެވެ. 

މުޅި ރަށުގައި އެ ވާހަކަ ފެތުރި ދީނާގެ ދިރިއުޅުން ފުޑުފުޑުވެގެން ދިޔައެވެ. ދީނާ ރުޅިގަދަވެ އަމިއްލަ އިހުތިޔާރުން ގެއްލި ފިރިިމީހާހެ ގަޔަށް އަތް އިސް ކުރެވުނެވެ.

"ބުނޭ އެ އެ އެ އަންހެނާ ކައިރި ދިޔައިއްޔާ އަހަރެންގެ އަންބެއް ނުހުންނާނެ ޔޭ. ދީނާ ރޮމުން ބުންޏެވެ.

ދުވަހަކުވެސް ސުވާލު ތަކަށް ޖަވާބު ނުދޭ ޒުހުދު ކުރެވުނު ވިޔާނުދާ އަމަލު ސިއްރު ކުރަން އަންހެނުން ވަރި ކުރިއެވެ. 

ފިރިމީހާގެ ރަށުގައި ދިރިއުޅެމުންދިޔަ ދީނާ އަމިއްލަ ރަށަށް އައެވެ. ފޮށި ތަންމަތި ހިފައިގެން ގެއަށް އައިސް ވަނެވެ. މަންމަ މެން ފެނުމާއިއެކު ދީނާ އަށް ރޮވުނެވެ. ގިސްލަގިސްލާފައި ރޮވުނީ އެވެ.

"މަންމާ ޒުހުދު އަހަރެން ވަރި ކޮށްފި. އެއީ މާނައެއް ނެތް ދިރިއުޅުމެއް. އޭނަ އަހަރެން ބޭނުމެއްނުވޭ. އަހަރެން އެއްލާލީ. އަހަރެން ނިކަމެތި ކޮށްލީ،"

 މަންމަގެ ކޮނޑުމަތީގައި ބޯ އަޅައިގެން އޮވެ ދީނާ ރޮމުން ދިޔައެވެ.

ދީނާ ބޭނުންވީ އެ ހަނދާން ނައްތާލާށެވެ. އާ ބައިވެރިއަކު ހޯދާށެވެ. ނަމަވެސް ދިނާ އަށް އެ ހިތްވަރެއް ނުލިބުނެވެ. ދިރިއުޅުމުގައި ފިރިމީހާ އަމަލު ކުރި ގޮތުން ދީނާ ނަފްސާނީ ބަލީގެ ހާއްޔަކަށް ވެއްޓުނެވެ. 

ދީނާގެ ބޮލުގައި މަރުތޭލަކުން ތަޅަމުން ދިޔައީ ދިރިއުޅުމުގައި ނުލިބި އޮތް އެއް ޖަވާބެވެ.

"ކީއްވެ ފިރިމީހާ އަހަރެން ދެކެ ފޫހިވީ؟ ދަރި އަކު ނުލިބިގެން ތަ! އެއީ އަރެންގެ ކުށެއްތަ!"

"ކީއްވެ ފިރިމީހާ އަހަންނަށް ލޯބި ނުދިނީ؟ އަހަންނަށް ދަރިއަކު ނުލިބިގެން ތަ! 

ދީނާ ގޭގެ ގިފިލީގައި އިދެ ވިސްނަމުންދިޔައެވެ.

ދީނާ ފުންކޮށް ވިސްނާލިއެވެ. "ޝަކުވާގެ ޖަވާބު އަހަރެން ބޭނުމެއް ނުވޭ. އަރެންގެ ދިރިއުޅުން އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއްނުވޭ. ދަރިއަކު ނެތިގެން މީހުން ކުރާ މަލާމާތާއި ފުރައްސާރަ ބޭނުމެއް ނުވޭ. ޑިޕްރެޝަނަށް ގޮސް ހަޔާތް ބަރުބާދު ކުރާކަށް ބޭނުމެއް ނުވޭ. އަހަރެންގެ މުސްތަގުބަލް އުޖާލާ ކުރާނީ އަހަރެން،" ދީނާ ތެދުވި އެވެ.

ދިރިއުޅުމައިގެން ތެދުވި އެވެ. އަމިއްލަ މަސައްކަތެއް ފަށާ ދިރިއުޅުމުގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކުރި އެވެ. ބިޒީ ޝެޑިއުލްއެއްގައި ދުވަސް ހުސް ކުރިއެވެ. 

ދީނާ ބޭނުންވީ ކާމިޔާބު މީހަކަށް ވާށެވެ. ނަމަވެސް ދީނާގެ ހަޔާތަށް ފިރިހެނަކު ގެންނާކަށް ދީނާބޭނުމެއް ނުވެއެވެ.

ފުރަތަމަ ކައިވެނިން ލިބުނު އަސަރުން ދީނާ އަށް ފިރިހެނުން މަތިން ފޫހިވިއެވެ. އެކަނިވެރި ކަމާއެކުވެސް ދީނާގެ ހަޔާތް ކިތަންމެހާވެސް އުފާވެރި އެވެ. ނަމަވެސް ދީނާގެ ހިތުގައި އަނދަމުން ދަނީ އެ ކަނު ދުވަސް ތަކެވެ. އެ އަނދިރި މާޒީގެ ހިތްދަތި ސަފުހާ ތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް