ads
މޭރީ އަދީ އޭނާގެ ފިރިމީހާ މާވިން
ދުވަހަކުވެސް މޭރީ އަށް އަނިޔާއެއް ނުދެން: މާވިން
އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މޭރީ ގްރޭސް އަށް ދުވަހަކުވެސް އެއްވެސް ކަހަލަ އަނިޔާއެއް ނުދޭ ކަމަށް މަރުގެ ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް މިއަދު ކޯޓުގައި ބުނެފިއެވެ.
Advertisement

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލަ އާއި ގުޅިގެން ބާއްވާފައި ވަނީ، ދައުވާ އިއްވުމާއި ޖަވާބުދާރީ ވުމަށް ބޭއްވި އަޑުއެހުމެކެވެ. 

ދައުލަތުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި މާވިންގެ މައްޗަށް ދައުވާ އުފުލަމުން ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު މާވިން އާއި މޭރީ ދިރިއުޅެމުންދިޔަ ގޭގައި މޭރީގެ ބޮލަށާއި، ކަރަށް ހަމަލާތައްދީ އަދި މޭރީ ނޭވާ ހާސްކޮށްލައިގެން މަރާލާފައި ވާކަމަށެވެ. 

އަދި މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރު ކަމަށް ވިނަމަވެސް ހާދިސާ ހިނގި އިރު ދެމީހުންވެސް ތިބީ އިސްލާމީ ޝަރީއަތަށް ބޯލަނބައިގެން ކަމުން އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައި ވާގޮތަށް ކުށް ސާބިތުވެއްޖެނަމަ މަރުގެ އަަދަބު ކަނޑައެޅޭނެ ކަމަށްވެސް ދައުލަތުން ހުކުމް އިއްވަމުން ވަނީ ބުނެފައެވެ. 

ދައުލަތުގެ ފަރާތުން ދައުވާ އުފުލުމުން، މާވިންގެ ވަކީލް އިސްމާއިލް މުހައްމަދު ވަނީ، ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ބުނެފައެވެ. އަދި މޭރީގެ ކަރުގެ އިތުރުން ބޮލަށް މާވިން ހަމަލާދިނީ ކިހިނެއްތޯ އާއި، ކޮން އެއްޗެއް ބޭނުން ކޮށްގެންތޯ ދިފާއުން ވަނީ އަހާފައެވެ. 

ދިފާއުން ދައުވާ ސާބިތުނުވާ ކަމަށް ބުނެ ދެއްކި ވާހަކަތަކަށް ރައްދު ދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މޭރީއަށް ހަމަލާދީފައިވާކަން އެނގެނީ އޮޓޮޕްސީ ރިޕޯޓުން ކަމަށާއި ހަމަލާދިނީ ކޮން އެއްޗަކުންކަން އެނގެން ނެތް ކަމަށާއި، އެހެން ނަމަވެސް އެކަމަށް ބާރުލިބޭ ހެކިތަކެއް ހުރި ކަމަށް ވިދާޅުވިއެވެ. 

އެގޮތުން މާވިންގެ ފޯނުގެ ހިސްޓްރީން މީހަކު މަރާލާނެ ގޮތް ހޯދުމަށް ގޫގަލް ސާޗް ކޮށްފައިވާކަން ފޯނުގެ ފޮރެންސިކް ރިޕޯޓުން ދައްކާ ކަަމަށާއި، މޭރީ މަރުވި ވަގުތު އެތަނުގައި ހުރީ ހަމައެކަނި މާވިން ކަމަށް އޭނާ އަމިއްލައަށް ބުނެފައި ވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

މިއާއި އެކު ދިފާއުން ވަނީ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރާ ކަމަށް ބުނެފައެވެ. އަދި މޭރީ މަރާލީ މާވިން ނޫން ކަމަށާއި، އަދި މޭރީއަށް ދުވަހަކުވެސް މީގެ ކުރިން އެއްވެސް ކަހަލަ ޖިސްމާނީ އަނިޔާއެއް މާވިން ކޮށްފައި ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

މީގެ އިތުރުން ދިފާއުން ވަނީ މި މައްސަލައާއި ގުޅިގެން ދެން ތުހުމަތު ކޮށްފައިވާ ލަމްހާގެ ޝަރީއަތްވެސް އެކުގައި ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެއީ މި މައްސަލައިގެ ހަގީގަށް ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށް ފެންނާތީ ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ. 

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ދެ މީހުންނަށް ކުރާ ދައުވާތައް ދައުލަތުންވެސް ހުށައަޅާފައި އޮތީ އެއް ދައުވާ ފޯމެއްގަ ކަމުން ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދާނީ އެކުގައި ކަމަށެވެ. 

މި މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހުގެ 13:00 އަށެވެ. 

23%
ކަމުގޮސްފި
62%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް