ads
ޔޫކްރެއިންއަށް ދެމުންދާ ހަމަލާތައް ރަޝިއާއިން ވަނީ ވަރުގަދަކޮށްފައި
ނޭޓޯގެ ގައުމުތަކަށް ނިއުކްލިއާ ހަމަލާތައް ފޮނުވާލަން ޖެހިދާނެ: ރަޝިއާ
ނޭޓޯގެ ގައުމުތަކުން އަންނަނީ ޔޫކްރެއިން މެދުވެރިކޮށް ރަޝިއާއަށް ހަމަލާތައް ދެމުން ކަމަށާއި، އެކަން ނުހުއްޓައިފިނަމަ ޔޫކްރެއިން އާއި ނޭޓޯގެ ގައުމުތަކަށް ވަރަށް އަވަހަށް ނިއުކްލިއާ ހަމަލާއެއް ފޮނުވާލަން ޖެހިދާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ނޭޓޯއިން ޔޫކްރެއިން އަށް ހަތިޔާރު ފޮނުވަމުން އަންނަ ކަމަށާއި، އޭގެ ބޭނުމަކީ ރަޝިއާއަށް ބޮޑެތި ގެއްލުންތައް ދިނުން ކަމަށެވެ. އަދި އެކަން ކުރަމުން ދަނީ ނޭޓޯގެ ގައުމު ތަކުން ރަޝިއާދެކެ ގަންނަ ބިރުން ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ރަޝިއާއިން ބުނީ، ޔޫކްރެއިން އަށް ނޭޓޯގެ ގައުމުތަކުން ފޮނުވާ ހަތިޔާރުތައް ކުރިއަށް އޮތް ހަފްތާ ތެރޭ ފޮނުވުން ހުއްޓާ ނުލައިފިނަމަ ޔޫކްރެއިން އަށާއި، ނޭޓޯގެ ގައުމުތަކަށް ނިއުކްލިއާ ހަމަލާއެއް ފޮނުވާލަން ޖެހިދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވަމުން ވާ އެއްވެސް ގެއްލުމަކަށް ރަޝިއާއިން ޒިންމާ ނުނަގާނެ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ. 

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިއާއިން ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޔޫކްރެއިންގެ އެތައް ހާސްބަޔަކު ވަނީ މަރުވެފައެވެ. 

ރަޝިއާއިން ވަނީ ޔޫކްރެއިންގެ ބައެއް އަވަށްތަކަށް އަރާ އެތަނުގައި ދިރިއުޅެމުން ދިޔަ އާއްމު ގިނަ ރައްޔިތުން ވެސް މަރާލާފައެވެ. އަދި ބައެއް އަންހެނުން ރަހީނުކޮށް ޖިންސީ ބޮޑެތި އަނިޔާތައް ދީފައެވެ. 

ދެ ގައުމުގެ ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލާން އެއްވެސް ގައުމަކުން މަސައްކަތް ކުރަމުން ނުދާކަން ފާހަގަ ކޮށްލެވެ. 

70%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް