ads
ލަމްހާ އަބްދުއްރަހްމާން
ލަމުހާ އެދެނީ ޖަލުގައިވެސް ތަށިދޮންނާނެ އޮފިސަރެއް
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީނސް ނަރުސް މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން އަށް ޖަލުން އެހީތެރި ކަމެއް ނުލިބޭ ކަމަށް ބުނެ ކްރިމިނަލް ކޯޓުގައި މިއަދު ޝަކުވާ ކޮށްފިއެވެ.
Advertisement

ލަމްހާގެ ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާގެ ވަކީލު ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އެދި ހުށައަޅާފައެވެ.  

މިއަދުގެ އަޑުއެހުމުގައި ލަމްހާ ބުނީ ޖަލު ތެރޭގައި އޭނާއަށް އެހީތެރިވާނެ އެކަކުވެސް ނެތް ކަމަށެވެ. އަދި ޖަލުގެ ތެރޭގައި އޭނާގެ ނަން ފާހަގަކޮށްފައިވަނީ މީހުން މަރާ މީހެއްގެ ގޮތުގަ އެވެ. 

ލަމްހާ ބުނީ ޖަލުތެރޭގައި ތަށި އެއްޗެހި ދޮވެ ހަދަން ވަރަށް އުދަގޫވާ ކަމަށެވެ. އަދި ބުނީ އަބަދު ގޮޅި ތެރޭގައި އޭނާއަށް އެހީތެރިވެދީ ތަށިދޮވެ ކަންކަން ކުރަން ޖަލު އޮފިސަރަކު ހުންނަންވެސް އުދަގޫވާނެ ކަމަށެވެ.

"އެ ތަނުގެ ތެރެއިން ވެސް މާ ބޮޑު އެހީތެރިކަމެއް އަޅުގަނޑަށް ނުލިބޭ. ކިހިނެތްތޯ ކަރެކްޝަންސްގެ އޮފިސަރަކު އައިސް އަބަދު ގޮޅީގައި ހުންނާނީ އަޅުގަނޑަށް ތަށި އެއްޗެހި ދޮވެދީ ހަދަން،" ޝަރީއަތުގެ މަޖިލީހުގައި ލަމްހާ ބުންޏެވެ.

ލަމްހާގެ ފަރާތުން ވަކީލުން ވަނީ ލަމްހާގެ ބަލިހާލަތު ހުރިގޮތުން ބެޑު ރެސްޓުކުރަން ޑޮކްޓަރުން ލަފާދީފައިވާތީ އެކަމާއި ބެހޭގޮތުން ކޯޓުގައި ސުވާލުކޮށްފަ އެވެ. 

އެހެން ނަމަވެސް ޖަލުގައި އެކަން އެގޮތަށް ނުކުރެވޭ ކަމަށާއި، އެކަން މީގެ ކުރިންވެސް ކޯޓުގައި ފާހަގަ ކޮށްފައި ވާނެ ކަމަށް ވަކީލު ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ލަމްހާއަށް ބެޑް ރެސްޓު ކުރުމަށް ކަރެކްޝަނުން މަގު ފަހި ކޮށްދެމުން އަންނަ ކަމަށެވެ. އަދި ބޭސްފަރުވާގެ ކަންކަމުގެ ތެރެއިން ބެޑުރެސްޓު ކުރަން ކޯޓުން ލަމްހާ ދޫކޮށްނުލެވޭނެކަމަށް ހައިކޯޓުން ނިންމާފައިވާ ކަމަށެވެ. 

ދައުލަތުގެ އިތުރުން ދެފަރާތުންވެސް ދެއްކި ވާހަކަތަކަށް ބެލުމަށްފަހު ކްރިމިނަލް ކޯޓުން މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ، ބަންދުން ދޫވިޔަސް އަދި ނުވިޔަސް، ސިއްހީ ކަންކަމާ ގުޅޭގޮތުން ކުރާ ޝަކުވާތައް ބަލަން ޖެހޭނެ ކަމަށެވެ. 

ލަމްހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން އަންނަ މަހުގެ 12 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. 

60%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް