ads
ފޮޓޯ: ޓުވިޓާ
އިންޑިއާގެ މުސްލިމުން މަރާ މީހުންނަށް ފައިސާގެ އިނާމު ދެނީ
ހައްދު ފަހަނަ އަޅާފައިވާ އިންޑިއާގެ ހިންދޫއިންގެ ތެރެއިން މުސްލިމުން މަރާ މީހުންނަށް ފައިސާ ދޭނެ ކަމަށް ހިންދޫ ވިސްނުމުގެ ބީޖޭޕީ ސަރުކާރުގެ އޮފިޝަލަކު ބުނެފިއެވެ.
Advertisement

އިންޑިއާގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް އަމާޒުކޮށް އެގައުމުގެ ހިންދޫއިން ހިންގަމުން އަންނަ ލާއިންސާނީ އަނިޔާތަކަށް ދުވަސްތަކެއް ވެފައި ވާއިރު، އެގައުމުގެ މުސްލިމުންގެ ގެދޮރާއި، ވިޔަފާރިތައް އަންނަނީ ސުންނާފަތި ކުރަމުންނެވެ. 

އަދި އެކަން ހަރުކަށި ހިންދޫއިން ކުރަމުން އަންނަނީ އެގައުމުގެ ސަރުކާރާއި، ފުލުހުންގެ ފުރިހަމަ ހިމާޔަތުގައެވެ. އަދި ފަހަކަށް އައިސް ގެދޮރު ސުންނާފަތި ކުރުމަށް ބޭނުންކުރާ ބުލްޑޯޒަރުތަކުގެ ޑްރައިވަރުންގެ ގޮތުގައި ތިބެނީ އެގައުމުގެ ފުލުހުންނެވެ. 

މުސްލިމުންނަށް އެތައް އަނިޔާތަކެއް ދެމުން އަންނައިރު، އިއްޔެގެ ވަގުތެއްގައި ބީޖޭޕީގެ އިސް މެމްބަރެއް ކަމަށްވާ ނަތާލަލް މުކޭޝް ވަނީ، އެގައުމުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަކީ ހުސް ޓެރަރިސްޓުން ކަމަށް ބުނެފައެވެ. އަދި ޓެރަރިސްޓުންނަށް އެއްވެސް ފުރުސަތެއް އިންޑިއާގައި ނޯންނާނެ ކަމަށާއި، ޓެރަރިސްޓުން މަރާލަން ޖެހޭ ކަމަށް ވަނީ ގޮވާލާފައެވެ. 

މީގެ އިތުރުން އޭނާ ބުނީ، އެގައުމުގައި އުޅޭ ޓެރަރިސްޓު މުސްލިމުން މަރާލާ ހިންދޫއިންނަށް ފައިސާގެ އިނާމު ދޭނެ ކަމަށާއި، އެކަން ކުރަން ޖެހުނީ މުޅި ގައުމުގެ ދިފާއުގައި ކަމަށެވެ. 

އެކަން ކުށްވެރިކޮށް އަދި މިހާތަނަށް އެގައުމުގެ ސަރުކާރުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ މިއީ ސަރުކާރުން ބޭނުން ވެގެން ކުރާ ކަމެއް ކަމަށް އެގައުމުގެ މުސްލިމުން އަންނަނީ ބުނަމުންނެވެ. އަދި އިންޑިއާގެ ސަރުކާރުން ބޭނުންވަނީ މުސްލިމުން ނައްތާލަން ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

2%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
95%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް