ހަތް ޓީމު ވާދަކުރި މި ލީގުގެ ފައިނަލުން މި ދެ ޓީމުވެސް ފުރުސަތު ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ.
މި އަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށް މިދަނީ ތިން އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ. މިދިޔަ ތިން އަހަރު، ކޮވިޑާ ގުޅިގެން މި މުބާރާތް ބޭއްވިފައި ނުވާއިރު، މި އަހަރު އަލުން ބާއްވާއިރު މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް މި ފަހަރު ބައިވެރިނުވެއެވެ. އޭގެ ތެރޭގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިޔާގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާވެސް މި ފަހަރު ނުކުޅެއެވެ.