ads
ޒަކާތަކީ ދައްކަންޖެހޭ ދަރަންޏެއް
ޒަކާތަކީ ދައްކަންޖެހޭ ދަރަންޏެއް!
ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމަށް ފަހު ދެން އަޅުގަނޑުމެންނާ ބައްދަލު މިކުރަނީ، އިސްލާމީ އިގްތިސާދުގެ އެންމެ މުހިއްމު ބައިކަމުގައިވާ ޒަކާތް ދިނުމުގެ އަޅުކަމެވެ.
Advertisement

ފިތުރުޒަކާތާއި މުދަލުޒަކާތަކީ އިސްލާމީ އިގްތިސާދުގެ އެންމެ މުހިއްމު ބަހާތައް ކަމުގައި ވީހިނދު، ފިތުރު ޒަކާތާއި މުދަލު ޒަކާތުގެ މަގްސަދު ވެސް ހާސިލް ވާނީ ޒަކާތް ނެރުން ވާޖިބުވާ ހުރިހާ އެންމެ ޒަކާތް ނެރެ އަދި ޒަކާތް ލިބިގަންނަ ފަރާތްތަކަކީ އޭގެ ހައްގުވެރިން ކަމުގައި ވެގެންނެވެ. އެހެންނޫން ނަމަ މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައި އޮންނަ ފަރަގު ހަނިވެގެނެއް ނުދާނެ އެވެ.

ޒަކާތް ހައްގު ނޫން ފަރާތްތަކުން ޒަކާތް ލިބިގަތުމުން ވާ ގޮތަކީ، ފަގީރުންތަކަކަށް ލިބެންޖެހޭ އެއްޗެއް އެބައިމީހުންނަށް ނުލިބެނީ އެވެ. އެހެންކަމުން، ފަގީރުން ފަގީރު ގޮތުގައި ތިބުމަށް މީގެ ސަބަބުން މަގުފަހިވެގެން އެބަދެ އެވެ. 

ޒަކާތް ހައްގުވާ މީހުންނަކީ ފަގީރުންނަށް ވީ ހިނދު، އަދި ޒަކާތް ބެހެވެނީ ފަގީރުންނަށާއި މިސްކީނުންނަށާއި ޒަކާތް ބެހުމަށް މާތް ﷲ ސުބުހާނަހޫ ވަތައާލާ ކީރިތި ގުރުއާނުގައި އަންގަވާފައިވާ އަށް ބައިގެ މެދުގައި ކަމަށް ވާއިރު، މި އަށް ބައިގެ ތެރޭގައި ނުހިމެނޭ މީހުން ޒަކާތް ލިބިގަތުމުން، އެބައިމީހުންނަށް ލިބެންވާ ވަރަށް ބޮޑު ހައްގެއް އެބައިމީހުންގެ ކިބައިން ނިގުޅައިގަނެވުނީއެވެ.  

މުޖްތަމައުގައި ވެސް ޒަކާތް ހައްގު ނޫން މީހުން ޒަކާތް ލިބިގަންނަކަމީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އަދި އެއީ ޒަކާތް ލިބިގަންނަ މީހުންނަށް ނުހަނު ބިރުވެރިކަން ހުރި ކަމެކެވެ. ޒަކާތަކީ މުޖްތަމައުގެ ލާބަ އާއި ފައިދާއަށްޓަކައި، އަދި މުޖްތަމައުގެ އިގްތިސާދީ ދުޅަހެޔޮކަމަށްޓަކައި ﷲ ސުބުހާނަހު ވަތައާލާ، އެބަހަންވީ ފަރާތްތައް ވެސް ތަފްސީލްގޮތެއްގައި ކީރިތި ގުރުއާނުގައި އަންގަވާފައިވާ، އަދި އެހާމެ މުހިއްމުކަމެއް މިކަމަށް ދޭންވީ ކަމެއްކަމުގައި ވީހިނދު، ﷲ ސުބުހާނަހޫ ވަތައާލާގެ އެ ނިންމެވުމާ ދެކޮޅު ހެދުމުގެ ބާރު އަހަރެމެން އިންސާނުންނަށް ލިބިގެންވަނީ ކޮންފަދައަކުންތޯ އެވެ؟

އެހެންކަމުން، ޒަކާތް ހައްގު ނޫން މީހަކު ނުވަތަ ބަޔަކު ޒަކާތް ލިބިގަތުމުގެ ކުރިން މިކަމާމެދު ފުންކޮށް ވިސްނެވުން ހުއްޓެވެ. ތިމާއަކީ ފަގީރެއްތޯ ނުވަތަ މިސްކީނެއްތޯ ނުވަތަ ތިމާއަކީ ތިމާއަށް ލިބޭ އެއްޗަކުން ދެކޮޅު ޖެހި، ހަމަޖެހޭ ދިރިއުޅުމެއް އުޅޭ މީހެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން ހުއްޓެވެ.

ޒަކާތް ހައްގުނޫން މީހުން ޒަކާތް ލިބިގަންނަ ނަމަ އެފަދަ މީހުންނަށް ވިސްނާ ދިނުމަކީ އަޅުގަނޑުމެންގެ ވެސް ޒިންމާއެކެވެ. އެފަދަ މީހުންގެ އެއަމަލުގެ ސަބަބުން މުޖްތަމައުގެ އިގްތިސާދީ ނިޒާމަށް އަރާ ލޮޅުމުގެ އަސަރު އެބައިމީހުންނަށް އަންގައިދޭން އެބަޖެހެ އެވެ. އިސްލާމީ އިގްތިސާދީ ނިޒާމުގެ ފުރިހަމަ ފައިދާ ހާސިލްވެވި ހަމަޖެހޭ ތާހިރު ދިރިއުޅުމެއް ލިބޭނީ އޭރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް