ads
ރިއަލް މެޑްރިޑްގެ ބެންޒެމާ
ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރިއާލް މެޑްރިޑަށް
ބާކީ ހަތަރު މެޗު އޮއްވާ، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރިއާލް މެޑްރިޑް ހޯދައިފިއެވެ.

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރިއާލް މެޑްރިޑުން ހޯދީ، ހޮނިހިރު ދުވަހު އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗު ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެނެވެ. މިއީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން، ދުނިޔޭގެ އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ ރިއާލް މެޑްރިޑުން ހޯދި ތިރީސް ފަސްވަނަ ފަހަރެވެ. 

މިއީ ސްޕެއިންގެ ރެކޯޑެކެވެ. ރިއާލްއާ އެންމެ ގާތުން ވާދަކުރާ ބާސެލޯނާއަށް ލީގު ކާމިޔާބު ކުރެވުނު އަދަދު އުޅެނީ ރިއާލްއަށްވުރެ ދިހައެއް ފަހަތުގައެވެ.

ރިއާލް މެޑްރިޑުން ބާކީ ހަތަރު މެޗު އޮއްވާ ލީގު ކާމިޔާބުކުރީ ތިރީސް ހަތަރު މެޗުން އަށްޑިހަ އެއް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގަ އޮތް ސެވިއްޔާއަށް ތިރީސް ހަތަރު މެޗުން ލިބިފައިވަނީ ފަސްދޮޅަސް ހަތަރު ޕޮއިންޓެވެ. އެހެންކަމުން ރިއާލުން ބާކީ އޮތް ހަތަރު މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް އެ ޓީމު އަތުވާނެ ގޮތެއް ނެތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް