ads
މާރާމާރީގައި އަނިޔާވި މީހެއްގެ ގައިން ފޭބި ލޭތައް -- ފޮޓޯ/ސޯޝަލް މީޑިއާ
މާރާމާރީގައި އަނިޔާވި ދެ މީހުނަށް ފަރުވާ ދެނީ އައިސީޔޫގައި: އޭޑީކީ
އިއްޔެ މާލޭގައި ހިނގި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އިއްޔެ ހެނދުނު ޖަނަވަރީ މަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި ހިނގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ. 

އެ މާރާމާރީގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ސައިކަލު ތަކެއްގައި ދުއްވާފައި ދިޔަ ބަޔަކު ވަނީ މަގުމަތިން ހިނގާފައި ދިޔަ ދެ މީހަކަށް ބޮޑު ވަޅިއަކުން ހަމަލާދީފައެވެ. އަދި އެކަކު ފަހާ ދުވާ ދާތަންވެސް ވީޑިއޯއިން ފެނިގެން ދެއެވެ. 

މި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް ގެންދެވިފައި ވަނީ އޭޑީކޭއަށެވެ. އެކަމާއި ގުޅިގެން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މި ހާދިސާގައި އަނިޔާވި ދެމީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށާއި، އެ ދެމީހުންގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ. 

އަދި ދެމީހުންގެ ހާލު ރަނގަޅު ނަމަވެސް އެ ދެމީހުންނަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށްވެސް އައްފާލް ވިދާޅުވިއެވެ. 

މި މާރާމާރީ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވެއެވެ. އެހެން ނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް