ads
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އަލީ ސުޒޭން ހަމަ ޖައްސައިފިއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އަލީ ސުޒޭން ހަމަ ޖައްސައިފިއެވެ. ސުޒޭން ގައުމީ ޓީމަށް ހަމަ ޖައްސާ، ސުޒޭނާއެކު އެފްއޭއެމުން މިރޭ ސޮއިކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސުޒޭންގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓޭންޓް ކޯޗަކަށް ހުންނާނީ، އައު ކޯޗާއި އެކު ޓީމަށް އައްޔަން ކުރި ނެދަލޭންޑްސްގެ މަޝްހޫރު ގިނަ ޓީމުތަކަށް ކޯޗުކޮށްދިން ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. މި ޓީމަށް އެފްއޭއެމުން ހަވާލުކޮށްފައިވާ ޓާގެޓަކީ، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އިތުރުން މި އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ. ސުޒޭންވެސް ހިމެނޭ ގޮތަށް ގައުމީ ޓީމުން އެންމެ އަވަހަށް އޮންނާނެ މެޗަކީ، އަންނަ މަހުގެ ފަހުކޮޅު ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓަކަށް އައްޔަން ކުރަން ނިންމާފައިވާ ސުޒޭން އެންމެ ފަހުން ހުރީ ކްލަބް ގްރީން ސްޓްރީޓްސްގައެވެ. ގްރީން ސްޓްރީޓްސްއިންވަނީ ހުސްވި ހަފުތާ ތެރޭ ސުޒޭންގެ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ.  

ދިވެހި އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ކޯޗިން ކެރިއަރު ފެށީ ދެހާހުގެ ކުރީކޮޅު ވިކްޓްރީންނެވެ. އޭނާ ވަނީ އެ ޓީމަށް ދިވެހި ލީގާއި ކަޕް ވިނާސް ކަޕް އަދި ގައުމީ ތަށި ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން މާޒިޔާއާ ހަވާލުވެ އެ ޓީމަށް ލީގާއި އެފްއޭ ކަޕް އަދި ގައުމީ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. ސުޒޭން ވަނީ 2017 ވަނަ އަހަރުގެ މާލޭ ލީގުގައި އަލުން ވިކްޓްރީ އަށް ކޯޗުކޮށްދީފަ އެވެ. އަދި ދިވެހި ޕްރިމިއާ ލީގުގައި އެ ފަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރެ އެ ޓީމަށް ވެސް ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީ އެ ޓީމު ގޮވައިގެން އެންމެ ފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރި އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް