ads
ދުވަސްތަކަކަށް ފަހު ޝާރުކް އާއި ކާޖަލް އަނެއްކާ ވެސް ފިލްމަކުން
ކަރަން ޖޯހަރުގެ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އަކީ މި އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. މި ފިލްމުގައި ލީޑުން ފެނިގެންދަނީ އާލިއާ ބަޓް އާއި ރަންވީރު ސިންގް އެވެ.

ނަމަވެސް ބައެއް ރިޕޯޓް ތަކުން ބުނާ ގޮތުގައި މި ފިލްމުގައި ހާއްސަ ފެނިލުމަކުން ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ޝާރުކް ހާން އާއި ކާޖަލް ފެނިގެންދާނެއެވެ.
ބޮލީވުޑް ލައިފް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރަށް އަވަހަށް މުމްބާއީ ގައި ފިލްމުގެ ޝޫޓިން ފަށާނެ އެވެ. ޝާރުކް ހާން މިހާރު އޭނާގެ ގިނަ ޕްރޮޖެކްޓްތަކެއްގައި އަވަދިނެތި އުޅޭއިރު ކަރަން ޖޯހަރުގެ މި ފިލްމު ޝޫޓް ކުރާނެ ދުވަހެއް މެނޭޖު ކުރާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ގާތް ފަރާތަކުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޝާރުކް ހާން އާއި ކާޖަލް ފެނިގެންދަނީ ފިލްމުގެ ވަކި ހާއްސަ ސީން އަކުން ނުވަތަ ލަވަ އަކުން ކަމެއް އަދި ނިންމާފައެއް ނުވެއެވެ. 

ރަންވީރު އާއި އާލިއާ ފެނިގެންދާ މި ފިލްމުގައި ދަރްމެންދުރަ އާއި ޝަބާނާ އަޒްމީ ވެސް ފެނިގެންދާނެއެވެ. އެ ދެމީހުން ފެނިގެންދާނީ އާލިއާގެ މާމަ އާއި ކާފަގެ ގޮތުގައެވެ. މީގެ އިތުރުން ރަންވީރުގެ މާމަގެ ރޯލުން ޖާޔާ ބައްޗަން ވެސް ފެނިގެންދާނެއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް