ads
މިއަދު ޕީޕީއެމްއިން ބޭއްވި ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާ
ރައީސް ޔާމީންއަށް އިންޒާރުދިންކަމަށް ބުނާ ދެ މައްސަލައެއް މިދަނީ ބަލުމުން: ފުލުހުން
ކުރީގެ ރައީސް ޔާމީންއަށް އިންޒާރުދިންކަމަށް ބުނެ ހުށަހަޅާފައިވާ ދެ މައްސަަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ކުރީގެ ރައީސް ޔާމީން އަށް އިންޒާރު ދީފައިވާކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް މިމަހުގެ ދެވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަވެސް ބަލައިދިނުމަށް މިމަހުގެ ތިންވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. 

"އިންޒާރުދިން ކަމަށް ބުނެ އެ ދެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ސިޓީތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުންޏެވެ.

ފުލުހުން މިގޮތަށް ބުނެފައިމިވަނީ ޔާމީނަށް އިންޒާރު ދިން މައްސަލަ ބަލާކަން ނުވަތަ ނުބަލާކަންވެސް ނޭނގޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ފުލުހުން ޖަވާބުދާރީ ނުވާކަމަށް ޕީޕީއެމްއިން ބުނެފައިވަނިކޮށް އެކަމާއި ގުޅޭގޮތުން މީޑިއާތަކުން ސުވާލުތައް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައެވެ. 

އެމައްސަލަ ބަލާކަމަށް ފުލުހުން ބުނެފައިވާއިރު، ޔާމީން "ސައިޒު ކޮށްލާނެ" ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރިދީ ވީޑިއޯ އާންމުކުރި މީހާ ރާއްޖެއިން ބޭރަށް ފުރުވާލާފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެެވެ. އެކަމާއި ބެހޭގޮތުން ތަކުރާރުކޮށް މީޑިއާއިން ކުރިމަތިކުރަމުންދާ ސުވާލުތަކަށް އެއްވެސް ޖަވާބެއް މިހާތަނަށް އެ އިދާރާއިން ދީފައެއް ނުވެއެވެ. 

ރައީސް ޔާމީން ސައިޒު ކުރާނެކަމުގެ އިންޒާރު ދީފައިވަނީ މޯލްޑިވްސް ޔޫތު ފޯސްއިން އާންމުކުރި ވީޑިއޯ އަކުންނެވެ. މި ވީޑިއޯގައި ފެންނަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ނިސްބަތްވާ ހުސައިން ސައީދު ނަމަކަށް ކިޔާ މީހެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް