ads
ގާތް އެކުވެރިންގެ ގޮތުގައި ގެންގުޅެން ވަނީ ކޮންކަހަލަ މީހުންނެއް ކަން އެނގޭތަ؟
ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ މީހުންނާ އެކު އުޅުމަކީ މީހާއަށް ޕޮޒިޓިވް އިހުސާސްތަކެއް ކުރުވާ ކަމެކެވެ. އެހެންކަމުން މި އާޓިކަލްގަައި މި ގެނެސްދެނީ އެކުވެރިންގެ ގޮތުގައި ގެންގުޅުމަށް އެންމެ ރަނގަޅު ހަ ވައްތަރެއްގެ މީހުންނެވެ.

ބައެއް މީހުންނަކީ ތިބާގެ ޕޮޒިޓިވިޓީއަށް އަސަރުކުރުވާ ކަހަލަ މީހުންނެވެ. ނަމަވެސް މިއާ ހިލާފަށް ބައެއް މީހުން ތިބާއަށް ހިތްވަރުދީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަންދީ، އާ ކަންތައްތަކަށް ލޯ ހުޅުވާލުމުގެ ފުރުސަތު ފަހިކޮށްދެއެވެ. ރިލޭޝަންޝިޕް އެންޑް ބައުންޑަރީސް އެކްސްޕާޓް ތެރަޕިސްޓް އަދި ލިޔުންތެރިޔާ، ނެޑްރާ ގްލޯވާ ޓައްވާބް، ބުނާ ގޮތުގައި ހަ ބާވަތުގެ މީހުންގެ ތެރެއިން ކައިރީގައި ގެންގުޅެން މަސައްކަތް ކުރަންވީ ޕޮޒިޓިވިޓީ އިހުސާސް ކުރުވާ މީހުންނެވެ. 

ނެދްރާ ބުނާ ގޮތުގައި އަމިއްލަ އަށް އެންމެ ރަނގަޅު މީހަކަށް ވުމަށް ހިތްވަރު ދޭ މީހުން ކައިރީގައި ބަހައްޓަން ޖެހެއެވެ. ތެރަޕިސްޓް ބުނާ ގޮތުގައި މީހެއް ކައިރީ އެމީހެއްގެ ހަޔާތުގެ ދަތުރާ ބެހޭ ގޮތުން ސުވާލުކުރުމަށް ބިރު ނުގަންނާށެވެ.

ތިބާ އަށް ހަމަޖެހުން އިހުސާސް ކޮށްދޭ މީހުންނާއި އެކުގައި އުޅޭށެވެ. ބެސްޓްސެލާ ލިޔުންތެރިޔާ ބުނާ ގޮތުގައި ތިބާ އަށް ފަސޭހައިން އެމީހަކާއި ވާހަކަތައް ހިއްސާކުރެވޭ ސުވާލުކޮށް، ކަންކަން ޝެއާ ކޮށް ހެދުމުގައި ތިބާ އަށް ހިތްހަމަ ޖެހުން އިހުސާސްކޮށްދޭ މީހުންނާއި އެކު އުޅުން ރަނގަޅެވެ. 

ތިބާގެ ކަންތައްތައް ދެނެގަނެވޭ ކަހަލަ މީހަކާއި ގުޅުން ބަދަހި ކުރުމަށް އޭނާ ނަސޭހަތްތެރިވެއެވެ. "ތިބާއަށް ދިމާވެފައި ހުރި ކަމެއް ދިމާވެފައި ހުރި މީހަކާއި ގުޅުން ބަދަހި ކުރުމަކީ އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ތިބާއަށް ދިމާވެފައި ހުރި ކަމެއް ދިމާނުވާ މީހަކަށް ވިޔަސް ތިބާ ދެނެގަނެ ދަސްކުރަން ތައްޔާރަށް ހުރި މިހެއް ނަމަ އޭނާ އާއި ގުޅުން ބަދަހި ކުރުމަކީ ރަނގަޅު ކަމެއް" ކަމަށް އޭނާ ބުނެފައިވެއެވެ.

ތިބާއަށް ދުނިޔެއާއި ބެހޭ އާ ކަންތައްތައް ލޯ ހުޅުވާލުމަށް އެހީތެރިވެދޭ ރައްޓެހިންނަކީ ވެސް ނުހަނު މުހިއްމު ބައެކެވެ. ތަފާތު އެކި ވައްތަރުގެ ގިނަ ރައްޓެހިން ތިބުމަކީ ފައިދާހުރި ކަމެކެވެ. ކޮންމެ މީހަކީ ވެސް ތިބާ ކަހަލަ މީހެއް ނަމަ ތިބާ އާއި ތަފާތު އެހެން މީހެއް ދެނެގަނެ ދަސްކުރުމުގައި ތިބާ އަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް ނެޑްރާ ބުނެފައިވެއެވެ. 

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރުދޭ މީހުންނާ އެކު އުޅުމަކީ ތިބާ އަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ތިބާގެ އެކުވެރިޔާ ކުރާ މަސައްކަތް ފެނި ތިބާ އަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރު ލިބިގެންދެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގަިއ ހުރުމަށް ހިތްވަރުދޭ ރައްޓެހިން ގެންގުޅުން މުހިއްމެވެ. 

ތިބާގެ ވިސްނުންތަކާއި ދެކޮޅު ހަދާ މީހުން ތިބާ އާއި ކައިރީގައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ނެޑްރާ ދެކެއެވެ. ނަމަވެސް މިއީ ތިބާގެ އަމިއްލަ ނަފްސާ މެދު ސުވާލު އުފައްދާ ފަދަ ބަޔަކަށް ވެގެން ނުވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް