ޗައިނާގެ ހެންގްޖޯގައި ސެޕްޓެމްބަރު މަހުގެ ދިހައަކުން ފަންސަވީހަށް ކުރިއަށް ގެންދަން ނިންމާފައި އޮތް އޭޝިއަން ގޭމްސް ފަސްކުރީ، ޗައިނާގައި ކޮވިޑުގެ ނުރައްކާ އަނެއްކާވެސް ބޮޑު ވަމުން އަންނާތީއެވެ. އޭޝިއަން ގޭމްސް ފަސްކުރިކަން އިއުލާންކޮށް، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ހުކުރު ދުވަހ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލާއިރު މި ވަގުތަށް އެންމެ ރަނގަޅީ އޭޝިއަން ގޭމްސް ފަސްކުރުން ކަމަށް ފެންނަ ކަމަށެވެ.
މި އަހަރު ޗައިނާގައި ބާއްވަން ކަނޑައަޅާފައިވާ އޭޝިއަން ގޭމްސްއަށް ރާއްޖޭންވެސް ސަތޭކަ ވަރަކަށް މެންބަރުން ހިމެނޭ ކޮންޓިންޖެންޓެއް ދާނެ ކަމަށް އޮތީ ބެލެވިފައެވެ.