ads
ނަހުލާ އަލީ- ޕީޕީއެމް އިން ވަކިކުރިއަސް އެެހެން ޕާޓީއަކަށް ނުދާނެކަމަށް ވަނީ ބުނެފަ.
ޕީޕީއެމް ވަކިކުރިއަސް އެހެން ޕާޓީއަކަށް ނުދާނަން: ނަހުލާ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އިން ވަކިކުރިކަމުގައިވިޔަސް އެހެން ޕާޓީއަކަށް ބަދަލުނުވާނެ ކަމަށް ޕީޕީއެމްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.

ނަހުލާގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަމަށް ޕީޕީއެމް އިން ބުނެފައިވާއިރު އެޕާޓީ ބަދުނާމުކޮށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކަމުން އަންނަ ކަމަށްބުނެ އެ ޕާޓީން ވަނީ މިއަދު ބަޔާނެއްވެސް ނެރެފަ އެވެ. 

އެކަމާއި ގުޅިގެން ނަހުލާ މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ހަގީގަތާއި ހިލާފު ދޮގު ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. 

ނަހުލާ ބުނެފައިވަނީ "އެޕާޓީން ކަނޑާލިއަސް" ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށާއި، ކަމުގެ ހަގީގަތް ހާމަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ ޕީޕީއެމް މީހެއް، ޕީޕީއެމް އިން ކަނޑާލިޔަސް އެހެން ޕާޓީއަކަށް ނުދާނެ. އެކަމަކު ހަގީގަތް ހާމަ ކުރާނެ". އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ނަހުލާ އެ ޕާޓިއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި މިޕާޓީގެ ޓިކެޓްގައި ވާދަ ކުރާ މިޕާޓީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް