އެމްއެންޑީއެފުން ބުނީ ފަރަށް އަރާފައިވަނީ މާލެ ދަތުރުކުރަމުންދިޔަ "ފުރާގު 2" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެ ބޯޓު ފަރަށް އަރާފައިވަނީ ޅ. ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަޅުފަރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގެ ރިޕޯޓު މިރޭ 20:30 ހާއިރު އެމްއެންޑީއެފަށް ލިބުމާއިއެކު ކޯސްޓުގާޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މައުލޫމާތު ލިބޭގޮތުން އެ ބޯޓު މާލެ ފުރީ މިއަދު މެންދުރު 14:00 ޖެހި އިރުއެވެ. އޭރުވެސް މޫސުން ރަނގަޅެވެ. އެ އެބޯޓުގައި ގިނައިން ތިބީ އީދު ޗުއްޓީ ނިންމާލުމަށްފަހު މާލެ ފުރި މީހުންކަމަށް އެ ރަށު ކައުންސިލުން ބުނެއެެވެ.
މިދިޔަ އެޕްރީލް މަހުގެ 21ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ 19 މަސްވެރީންނާއެކު އައްޑޫ މީދޫ ދޯންޏެއް ވެސް ސައުތުޕާމް ރިސޯޓާއި ސ.ހުޅުމީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ވަނީ އުރިފަ އެވެ. އެ ދޯނި ފުންކުރެވިފައިވަނީ އަނެއް ދުވަހުގެ ހަވީރު 17:10 އެވެ.