ads
އައްމަޓީ އަދި ގާޒީ ހަސަން ސައީދު
އައްމަޓީ ދޫކޮށްލާފައި ހުންނަތާ ދެ މަސްވަނީ. މިއީވެސް އިންސާފުތޯ؟
އައްމަޓީ ދޫކޮށްލާފައި ހުންނަތާ ދެ މަސްވަނީ. މިއީވެސް އިންސާފުތޯ؟ ސީލައިފް ގްލޯބަލް ކުންފުންޏަކީ މި ފަހުގެ ތާރީޚުގައި ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތް ހިންގި ކުންފުންޏޭ ބުނެވިދާނެއެވެ.
Advertisement

އެތައް ބައެއްގެ އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެ، އެ ކުންފުނީގެ ވެރިޔާ އަހްމަދު މޫސާ ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް ރާއްޖެ ގެނައި އިންޓަރޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެގެންނެވެ. މި ދައްކަނީ އެތައް ބައެއްގެ މުޅި ދިރިއުޅުގައި ރައްކާކުރި އެތައް ފައިސާއަކަށް ޚިޔާނަތްތެރިވެގެން އުޅޭ މީހެއްގެ ވާހަކައެވެ. 

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ ދޫކޮށްލި ފަހުން ދެ މަހެއްހާ ދުވަސްވަނީއެވެ. އޭނާ ހިފެހެއްޓޭނެ ގޮތެއް ރާއްޖޭގެ ޖުޑީޝަލް ސިސްޓަމްގެ ތެރޭގައި އޮތް ކަމަކަށް ނުވިއޭ ބުނެވިދާނެއެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާ ގޮވައިގެން ނުދާ ކޯޓެއް ނެތެވެ. ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސައީދު އޭނާ ދޫކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން އަނެއްކާ ހައިކޯޓަށެވެ. ދޭތެރެމެދުން އައި އީދު ބަންދުގައި ހުރިހާ ކޯޓެއް ބަންދުވީ ތޯއްޗެކެވެ. އީދަށް ފަހު ހުޅުވުމުންވެސް މައްސަލަ ކުރިއަށްދާ ގޮތެއް އަދި ނުވެއެވެ.

އެތައް ބައެއްގެ އެތައް ހައްޤަކާ ގުޅިފައިވާ މިކަމުގައި ކޮޅެއް މެދެއް ފެންނާނެބާއެވެ؟ ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން އޭނާ ތިން ވަނަ ފަހަރަށް ދޫކޮށްލީއެވެ. ދޫކޮށްލުމާއެކު ޕްރޮސިކިއުޓަރ ޖެނެރަލް އޭނާ ގޮވައިގެން ހައިކޯޓަށް ދެއެވެ. 

ދެން ހަމަ އެއް ކޯޓުން އަނެއް ކޯޓުން މިއީ ކޮން ސަކަރާތެއް ހެއްޔެވެ؟ މިއީ ޔަގީނުންވެސް އިންސާފެއް ނޫނެވެ. އާދިއްތަ ދުވަހު ހައިކޯޓުގައި ބާއްވަން އުޅުނު މައްސަލައަކީ ސުޕްރީމް ކޯޓުން ކުރި އަމުރަކަށް ބާއްވަން އުޅުނުނ މައްސަލައެވެ. އެކަމަކު އާދިއްތަ ދުވަހު ކެންސަލްވީއެވެ. ހޯމަ ދުވަހަށް އަނެއްކާވެސް ތާވަލުކޮށްފައި އެބައޮތެވެ. ސާޅީސް އަށް ގަޑި އިރު ގުނާނެ ގޮތަކާ މެދު ޕީޖީއާ ކޯޓުތަކަށް އެއް ގަލަކަށް ނޭރި، ހައިކޯޓާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެތައް ރައުޔެއް ނެރެ ގާނޫނުތައް މާނަ ކުރަމުންދަނީއެވެ. އައްމަޓީ މިނިވަންކަމާއެކު މަގުމަތީގައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް