ads
ޑރ. މުހައްމަދު އަލީ
ތެލެސީމިއާ ކެރިއަރުންގެ އަދަދު ރާއްޖޭގައި ގިނަވަނީ: ޑރ. މުހައްމަދު އަލީ
ތަފާސް ހިސާބުތަކަށް ބަލާއިރު, މުޅި ރާއްޖޭގައި ވެސް ބީޓާ ތެލެސީމިއާ ކެރިއަރުންގެ އަދަދު އަންނަނީ ހާސްވާންޖެހޭ މިންވަރަށް އިތުރުވަމުން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅު ވެއްޖެއެވެ.

އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ (ސައިންސާއި ޓެކްނޮލޮޖީ އަދި ސިއްހީ ކަންކަމާ ގުޅޭ ދިރާސާތައް ޝައިއުކުރާ ނެދަލެންޑްސްގެ) އެލްސެވިއާގައިވާ މައުލޫމާތާ ހަވާލާދެއްވާއި، ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ އާއި ބްރެޒިލް ކަހަލަ އާބާދީ ބޮޑެތި ގައުމުތަކަށް ވުރެ ވެސް އަބާދީގެ ނިސްބަތުން ރާއްޖޭގައި ތެލެސީމިއާ ކެރިއަރުން އަދަދު ގިނަ ކަމަށެވެ. 

"އެލްސެވިއާ" ގައިވާ ގޮތުން، 2020 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 30 އިންސައްތަ ޓެސްޓް ކުރެވުނުއިރު، 16 އިންސައްތަކީ ބީޓާ ތެލެސީމިއާ ކެރިއަރުން ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން ރާއްޖޭގެ އާބާދީގެ 30 އިންސައްތަ ޓެސްޓުކުރެވުނުއިރު 16.2 އިންސައްތަ އަކީ ބީޓާ ތެލެސީމިއާ ކެރިއަރުން ކަމަށާއި، މިއަދަދު އިންޑިއާގައި ހުރީ 9.95 އިންސައްތައިގައި ކަމަށެވެ. އަދި ބުރެޒިލްގައި ހުރީ އެންމެ އެއް އިންސައްތާއިގައި ކަމަށްވެސް މުހައްމަދު އަލީ "އެލްސެވިއާއި" ހަވާލާދީ ކުރެއްވި ފޭސްބުކު ޕޯސްޓްގައި ވިދާޅު ވިއެވެ.

"ބީޓާ ތެލެސީމިއާ ކުދިން އެންމެގިނައީ ނ. ށ. ހދ. ޅ. ލ. ގައި. މި އަތޮޅު ތަކުގައި 17.2 އިންސައްތަ އާއި 23.8 އިންސައްތަ އަށް ބީޓާ ތެލެސީމިއާ ކެރިއަރުން އުޅޭ." މުހައްމަދު އަލީގެ ފޭސްބުކު ޕޯސްޓްގައި ވިދާޅު ވިއެވެ.

އަދި އިތުރަށް ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު, މުޅި ރާއްޖޭގައިވެސް ބީޓާ ތެލެސީމިއާ ކެރިއަރުންގެ އަދަދު އަންނަނީ ހާސްވާންޖެހޭ މިންވަރަށް އިތުރުވަމުން ކަމަށެވެ.

ޖެނެޓިކްގެ ޒަރީއާއިން ވާރުތަވާ މިބަލި މަދު ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ދުރާލާ, ޓެސްޓުކުރުން ކަމަށާއި، އެ ގޮތަށް ޓެސްޓު ކުރުމުގެ މުހިންމުކަން ތިމާމެންގެ ޅަދަރިންނަށް އޮޅުންފިލުވައިދީ އުގަންނައި ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް