ads
މިޔަރު ހަމަލާދިނުމުގެ ސަބަބުން ޒަހަމުވެފައިވާ މީހާ
މިޔަރު ހަމަލާދިނީ 62 އަހަރުގެ މީހެއްގެ ސީދާ ފަޔަށް
ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދިނީ ޅ.އޮޅުވެލިފުއްޓާއި ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ޝަވޯނާ ނަމަކަށް ކިޔާ ދޯނީގައި ހުރި 62 އަހަރުގެ މީހަކަށް ކަމަށާއިި، އޭނާގެ ހާލަތު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޅ.އޮޅުވެލިފުއްޓާއި ދިމާލު ބޭރުގައި އެ ދޯނި މަސްވެރިކަން ކުރަމުންދަނިކޮށް މި ހާދިސާ ހިނގިއިރު އެވަގުތު ދޯނީގައި 14 ފަޅުވެރިން ތިއްބެވެ. ކަނޑަށް ވެއްޓުނު ވަގުތު މިޔަރު ހަމަލާދީފައިވަނީ އުމުރުން 62 އަހަރުގެ ޅ. ނައިފަރަށް ނިސްބަތްވާ ދިވެހި ފިރިހެނަކަށެވެ. 

އެމްއެންޑީއެފުން ބުނީ، އެވަގުތު އެމީހާއަށް މިޔަރެއް ހަމަލާ ދިނުމުން، އިތުރު ފަރުވާދިނުމަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގައި އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:57 ހާއިރު ކަމަށެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު އުމަރު "ސީއެންއެމް" އަށް ވިދާޅުވީ، އެ ހޮސްޕިޓަލަށް ގެނެވުނީ  މީގެ ކުޑައިރުކޮޅެއް ކުރިން ގަޑިން މެންދުރު 13:35 ހާއިރު ކަމަށެެވެ. ގެނައި ގޮތަށް ފަރުވާއަށް އޮޕަރޭޝަން ތިއޭޓަރަށް ވައްދާ ފަރުވާ ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. 

މިޔަރު ދަތް އެޅުމުން ޒަހަމުވެފައިވަނީ ފައި ނަމަވެސް ހޮސްޕިޓަލަށް ގެނައިއިރުވެސް ފޮތިގަނޑަކުން ބަދެފައިވާތީ ލިބިފައިވަނީ ކިހާ ވަރެއްގެ ޒަހަމެއްކަމެއް އޭނާއަށް އަދި ސާފުނުވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޒަހަމުވެގެން ގެނައި މީހާގެ ހާލަތު ރަނގަޅު ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ޒަހަމެއް ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ. 

your imageބައެއް މަސްތައްވެސް ދޯންޏަށް ނަގާއިރު ހުންނަނީ ދެބައިކުޅަ އެއްބައި ކާލާފައި

މިފަދަ ހާދިސާއެއް ހިނގާފައި މިވަނީ މިޔަރު ގިނަވެ އެކަމުގެ ސަބަބުން މަސްވެރިންނަށް ގިނަ ތަކުލީފުތަކެއް ޖެހޭ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް މަސްވެރިން ބުނާ ގޮތުގައި ބާނާ މަސް ދޯންޏަށް ނަގާއިރު ވެސް އޭގެ ދެބައިކުޅަ އެއްބައި މިޔަރު ކާލާފައި ހުރެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް