އެ އިންތިޒާމު ހަމަޖައްސައި އެކަން އިފްތިތާހު ކުރުމަށް މިއަދު މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އައިޝަތު އަލީ އެވެ.
ލޭޝިއާގައި އެސްއެސްއީ އިމްތިހާން ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމާއިއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހާއި ހަމަޔަށް ކުރިއަށްދާ އެސްއެސްއީ އިމްތިހާނުގައި، އެ ގައުމުގައި ދިރިއުޅޭ ހަ ދަރިވަރަކު ބައިވެރިވާނެ އެވެ. ދަރިވަރުންނަށް ބޭނުންވާ އިސްލާމް އަދި ދިވެހި ޓެކްސްޓް ފޮތްތައް ވެސް އެޑިއުކޭޝަނުން ފޯރުކޮށްދޭނެ އެވެ.
މި ރަސްމިއްޔާތަށް ފަހު މިނިސްޓަރު ވަނީ މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވާ، އެ ޤައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިިތަކާ އަދި އެކަންތައް ހައްލުކުރުމަށް އެ މިނިސްޓްރީއަށް ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި މިނިސްޓްރީގެ ޓީމް މިއަދު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޝާޒޭ ޑި އެފެއާޒް މަރިޔަމް މިޒްނާ ޝަރީފް އަދި ހައިކޮމިޝަންގެ އިސްވެރިންނާ ވެސް ބައްދަލުކޮށްފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވެސް މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.